Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓް ހަދަން 4 ރަށެއް ކުއްޔަށް ދޭން ނިންމައިފި

ރިސޯޓް ހަދަން 4 ރަށެއް ކުއްޔަށް ދޭން ނިންމައިފި

29 ޖޫން 2022 | ބުދަ 11:42

އެވޯޑް ލެޓަރގައި ހުރި ކަންކަން ފުރިހަމަ ކުރީ 4 ކުންފުންޏަކުން ކަމަށް މިނިސްޓްރީން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖޫން 2022 | ބުދަ 11:42
ރިސޯޓެއް

ރިސޯޓެއް

ފަތުރުވެރިކަން ފުޅާ ކުރުމުގެ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހުޅުވާލި 4 ރަށެއް ކުއްޔަށް ދޫ ކުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ހުށައެޅި ފަރާތްތަކުގެ ބީލަން އިވެލުއޭޓް ކުރުމަށްފަހު 5 ރަށެއްގެ ބީލަން ކާމިޔާބު ކުރި 5 ކުންފުންޏަށް އެވޯޑް ލެޓަރ ދީފައިވާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ކުއްޔަށް ދޭން ނިންމާފައިވަނީ 4 ރަށެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

އެ މިނިސްޓްރީން 4 ރަށެއް ކުއްޔަށް ދޭން ނިންމީ ލީސް އިކުއިޒިޝަން ކޯސްޓް އާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށައަޅަން ޖެހޭ ފައިސާގެ 50 އިންސައްތަ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ދައްކާފައިވަނީ އެންމެ 4 ކުންފުންޏަކުން ކަމަށްވާތީއެވެ. މި ފައިސާގެ އިތުރުން ރަށުގެ އިނީޝަލް އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް ހުށަހެޅީވެސް 4 ކުންފުނިން ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި 4 ކުންފުންޏާއެކު އެ ރަށްތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ކާމިޔާބު ކޮށްފައިވަނީ ފ. އެނބުލުފުއްޓާއި ފ. ޖިންނަތުގައު އާއި ގދ. ކަނޑަހަލަގަލަ އާއި މ. ސީދިހުރާ ވެލިގަނޑާއެކު ސީދީހުރާގެއެވެ. މީގެ އިތުރުން ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ވެސް ކުންފުންޏަކުން ކާމިޔާބު ކުރިއެވެ. ނަމަވެސް އެވޯޑް ލެޓަރ ގައި ބަޔާންކޮށްފައިވާ މުއްދަތަށް އެ ލެޓަރގައި ހިމެނޭ ކަންކަން ނުކުރުމުން އެ ބީލަން ކާމިޔާބު ކުރި ކުންފުނިން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ "ފޯފިޓް" ކުރަން ވަނީ ނިންމާފައެވެ.

ސަރުކާރުން ކުއްޔަށް ދޭން ނިންމާފައިވާ 4 ރަށްތައް ކާމިޔާބު ކުރި ކުންފުނިތައް

މި 4 ރަށުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)އެވެ. އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 620،120 ޑޮލަރު (9.5 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅާފައެވެ. މި ފައިސާގެ 50 އިންސައްތަ މިހާރު ވަނީ އެވޯޑު ލެޓަރ ލިބުނު ކުންފުނިތަކުން ސަރުކާރަށް ދައްކާފައެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން 26 އޮކްޓޯބަރު 2021 ވަނަ ދުވަހު 10 އަތޮޅަކުން 21 ރަށެއް ހުޅުވާލިއެވެ. މީގެ ތެރެއިން އެކި ރަށްތަކަށް 18 ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރިއިރު ބީލަން އިވެލުއޭޓް ކުރުމަށްފަހު އެވޯޑް ކުރީ 5 ކުންފުންޏަކަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް