Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްގްރީން އާޓްސް ސްޓޫޑިއޯގެ އާލަވަ

ގްރީން އާޓްސް ސްޓޫޑިއޯގެ މިފަހަރުގެ ލަވަ އަމާޒުކުރީ މަސްތުވާތަކެތީގެ ސަބަބުން ޢާއިލާތައް ތަހައްމަލު ކުރާ ހިތާމަތަކަށް

މިލަވަ ރިލީޒް ކުރީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ދިމާކޮށް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 27 ޖޫން 2022 | ހޯމަ 02:06
"ހާދަ ވޭނާ " ލަވައިގެ އެކްޓްރެސް ޝަހުޒާ(ޝަހޫ)

"ހާދަ ވޭނާ " ލަވައިގެ އެކްޓްރެސް ޝަހުޒާ(ޝަހޫ)

ރާއްޖޭގެ މުޖުތަމަޢުގައި ހިނގާ ނޭދެވޭ އެތައް ކަމެއްގެ އަސްލު ފެށިގެން އަންނަ މަސްތުވާ ތަކެއްޗަށް އަމާޒުކޮށް ގްރީން އާޓްސް ސްޓޫޑިއޯއިން ޚާއްސަ ލަވައެއް ރިލީޒް ކޮށްފިއެވެ. މިލަވަ ރިލީޒް ކުރީ މިއަހަރުގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަސް ކަމަށްވާ ޖޫން 26 ގައެވެ. މަޝްހޫރު އެކްޓްރެސް މަރިޔަމް ޝަހުޒާ(ޝަހޫ) ޑައިރެކްޓް ކުރި އެލަވައިގައި ދައްކުވައިދެނީ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަސްތުގެ ޝިކާރައަކަށްވުމުން އެއާއިލާ ވިއްސިވިހާލިވެގެން ދިޔަ ގޮތެވެ.

އައްޑޫސިޓީގައި ހުރި ފިލްމު އުފައްދާ ހަމައެކަނި ސްޓޫޑިއޯއިން އުފެއްދި މި ލަވައިން ފެނިގެންދިޔައީ މަސްތުވާތަކެއްޗަށް ދެވިހިފުމުން ގެއިންނާއި ގެއިން ބޭރުންވެސް ވައްކަންކޮށް ވިޔާނުދާ ގްރޫޕްތަކާއެކު މާރާމާރީ ހިންގައި އުޅުނު ގޮތެވެ. އުފަން ދަރިފުޅު ހަލާކުގެ ތެރެއަށް ވެއްޓި ސުންނާފަތި ވަމުން ދިޔަ މަންޒަރުތަކަށް ކެތް ނުވެގެން މަންމަ މިދުނިޔެ ދޫކުރި ގޮތެވެ. އެކަމުގެ ތެރޭ  ބައްޕައެއްގެ ފިކުރު ބޮޑުވި މިންވަރެވެ. ކައިވެންޏެއްކޮށް ދަރިއަކުވެސް ހުއްޓާ ކުރަންފެށި އެޢަމަލުގެ ސަބަބުން އަނބިމީހާ ވެސް ފުން އަނދަވަޅަކަށް ވައްޓާލާ ލިބުނު ދަރިފުޅު ބިކަވި މަންޒަރެވެ. ކުޑަގޮޅީގައި މުޅި އުމުރު ހޭދަކުރަން ޖެހުނުހާދިސާ ދައްކައިދިން  މި ލަވަ އަކީ ރާއްޖޭގެ އެތައް އާއިލާއެއްގައި ކަން ހިނގަމުން އަންނަ ގޮތް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔަ ލަވައެކެވެ.

މިލަވައިގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ. ލަވައިގެ ވޯކަލިސްޓަކީ ޢަބްދުﷲ ޙަސަން (އަބޯ) އެވެ. މުޅިން އަމިއްލަ ރާގަކަށް ކިޔާފައިވާ މި ލަވައަށް މިއުޒިކް އަދި މެލޮޑީ ހެއްދެވީ ސިއްދީގު ފަހުމީއެވެ. ލަވައިގެ އަންހެން ތަރިއަކީ  ޝަހޫއެވެ. އަދި  ފިރިހެން ތަރިއަކީ އަމަން އެވެ. އިތުރު ބައިވެރިންގެ ތެރޭގައި އިބްރާހިން ޢަލީ، ރިފްޢަތު،އަމީލު،ނާޒިމާ ގެ އިތުރުން ކުޑަ ކުއްޖަކު ހިމެނެއެވެ.

ގްރީން އާޓްސް ސްޓޫޑިއޯއިން މިއަހަރުވަނީ " ނޫރާ" ކިޔާ ފިލްމެއްގެ މަސައްކަތް ފަށާފައެވެ. އެފިލްމުގެ %90 އެއްކޮށް ނިމިފައިވާއިރު މިފިލްމް ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ އައްޑޫސިޓީގައެވެ. ލޯބީގެ ޙާދިސާ އަކަށް ކުޅޭ މި ފިލްމު ރެޑްކާޕެޓް ގައި ރިލީޒް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރެވެމުން ކަމަށް ގްރީން އާޓްސް ސްޓޫޑިއޯގެ ވެރިޔާ އަޙްމަދު އަމަން ޢަލީ ވިދާޅުވެއެވެ.

އަމަން ވަނީ ގްރީން އާޓްސް ސްޓޫޑިއޯއިން އައްޑޫގައި ފަށާފައިވާ ޕްރޮޖެކްޓް ތަކަށް އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވަސް ޕޮލިސް ސާވިސްއިން ވެދެއްވާ އެހީތެރިކަމާއި އެއްބާރު ލުމަށްޓަކައި އެދެފަރާތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.  

ގްރީން އާޓްސް ސްޓޫޑިއޯ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!

05 ޑިސެމްބަރު 2025
އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރި އިރު، ވަރަށް ބިރުވެރި!
02 ޑިސެމްބަރު 2025

'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!

02 ޑިސެމްބަރު 2025
'ޕަރީ' ގެ ޕޯސްޓަރ ޗެލެންޖް އިން އެއްވަނަ އަށް އައި ޕޯސްޓަރު ހޮވާ 10،000 ރުފިޔާ ދީފި!
24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
05 ނޮވެމްބަރު 2025

ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި

05 ނޮވެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކޮސްގިނަ މިސްޓޭކް" ޕްރިމިއަރ ކޮށްފި
27 އޮކްޓޯބަރު 2025

ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!

27 އޮކްޓޯބަރު 2025
ނޯޓީފޯޓީ، ފޯޓީ ޕްލަސް އަކުން ހުއްޓައެއް ނުލި! މިއޮތީ ކޮސް ގިނަ މިސްޓޭކް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު