Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިމެން އިން ޑިޕްލޮމަސީ

އަންހެން ސަފީރުންގެ މުހިންމު މަސައްކަތްތަކެއް ތާރީޚުން ވަނީ ފޮހެލާފައި، އެކަން ބަދަލުކުރާނަން: ޝާހިދު

ޑިޕްލޮމެސީ ތަކުގައި އަންހެނުންނަކީ މުހިންމު ރޯލެއް އަދާކުރާ ބައެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ޖޫން 2022 | ހޮނިހިރު 03:54
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަންހެން ސަފީރުން މީގެކުރިން އަދާކޮށްފައިވާ މުހިންމު ދައުރާއި، އެމީހުން ކޮށްފައިވާ މަސައްކަތްތަކަކީ ތާޜީޚުން ފޮހެލާފައިވާ ކަންކަން ކަމަށާއި، އެކަން ބަދަލުކުރަންޖެހޭކަމަށް ފޮރިން މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ "ވިމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ. މިއީ ގައުމުތަކުގައި މަސައްކަތްކުރާ އަންހެން ޑިޕްލޮމެޓުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ފާހަގަކުރާ ފުރަތަމަ ދުވަހެވެ. މި ދުވަހާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ އެހެން ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރައްވާ ޑިޕްލޮމެޓުންގެ އަގު ވަޒަން ކުރައްވާފައެވެ. މި ދުވަސް މުޅިން އަލަށް ފާހަގަކުރާއިރު މިކަމުގައި ބައިވެރިވެ ހިތްވަރުދިނުމުގެ ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ދާއިރާގައި އަންހެނުން އަދާކުރާ ދައުރު ދެނެގަތުމަށް ނިއު ޔޯކްގައި މަސައްކަތްކުރާ އަންހެން ޑިޕްލޮމެޓުންގެ މެދުގައި ބައެއް ދިރާސާތައް ހަދާފައިވާ ކަމަށެވެ. މި ދިރާސާގެ ތެރެއިން މި ދާއިރާގައި އަންހެނުން އަދާކުރާ މުހިންމު ރޯލު ދެނެގަނެވިފައިވާއިރު، ކުރިމަގުގައި މި ދާއިރާގައި އަންހެނުން އަދާކުރާނެ ރޯލުވެސް ދެނެގަނެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި މަސައްކަތަށް މުޅިން އައު ޖީލެއް ނިކުތުމަށް މަގުފަހިކުރުވާއިރު، މި ދާއިރާއިން މަތީ މަގާމުތަކަށް އަންހެނުންނަށް ދެވޭނެ ގޮތްތައް ދެނެގަނެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ގައުމުތަކުގައި ސީނިއަރ ޑިޕްލޮމެޓިކް މަގާމުތަކުގައި ތިބި އަންހެނުންގެ މަސައްކަތަކީ މިއަދު އެހާ ބޮޑަށް ބަލައިގަނެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވަރަށް ގިނަ ފަހަރު އަންހެނުން މި ދާއިރާގައި ހިއްސާކުރާ ދައުރާއި އެމީހުން ކުރާ ބުރަ މަސައްކަތް ތާރީޚުންވެސް ފޮހެވިފައިވާ ކަމަށާއި، އެ ވާހަކަތަަކަކީ ދައްކަންޖެހޭ ވާހަކަތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިއީ ޒަމާންތަކެއް ކުރިން ހޯދައިދީފައިނުވާ ވަރުގެ ބޮޑު ނާއިންސާފަކަށް އިންސާފު ހޯދައިދިނުމަށާއި، ދެމެހެއްޓެނިވި, ހަރުދަނާ ކުރިމަގަކަށްވެސް މުހިންމު ކަމެއް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީވެސް މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބައިވެރިކޮށްގެން ނޫނީ ހާސިލްވާނެ ކަންކަމެއް ނޫން ކަމަށެވެ. އަންހެން ކުދިންނާއި، އަންހެނުންނަށް، ފިރިހެނުންނެކޭ އެއްވަރުގެ ހައްގުތަކެއް ދެވިފައިވާކަން ޔަގީންކުރަންޖެހޭކަމަށާއި، ފިރިހެނެއްގެ ބެލުމުގެ ދަށުން ޑިޕްލޮމަސީއެެއް ހިންގުމަކީ މިއަދު އޮތް ހަމައެކަނި ގޮތެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޑިޕްލޮމެޓުންނަކީ އެބައެއްގެ މުޖުތަމައު ރަމްޒުކުރާ ބަޔަކަށްވާއިރު، ޖިންސީ ތަފާތުކުރުން ނައްތާލުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެދަށުން މި ދާއިރާގައި އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުވިމެން އިން ޑިޕްލޮމަސީޖިންސީ ހަމަހަމަކަން

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި
23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
02 ޖޫން 2023

ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި

02 ޖޫން 2023
ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު