Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ-ޔޫއެންޑީޕީ

އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި

ހުޅުމާލޭ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ވެސް ފަށައިފި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 18:10
އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ތަރައްގީ އަށް މަސައްކަތް ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރުގަދަ ކުރުމަށާއި، އިޖްތިމާއީ އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި، އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އިން ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއް ޤާއިމްކޮށްފި އެވެ.

އުރީދޫ އާއި ޔޫއެންޑީޕީ އިން އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެ، މި ގުޅުން ރަސްމީކޮށް ފެށީ އާދިއްތަ ދުވަހު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވަނީ، އެޗްޑީސީ އާއި އެކު ހުޅުމާލޭ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ވެސް ފަށާފަ އެވެ.

އުރީދޫން ބުނިގޮތުގައި ސްމާޓް ސިޓީޒް ޕްރޮޖެކްޓަކީ، އުފެއްދުންތެރި، ސްމާޓް ސޮލިއުޝަންތަކެއް މެދުވެރިކޮށް ދިރިރުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތެކެވެ. މިގޮތުން، މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ، ހުޅުމާލެ ސްމާޓް ސިޓީއެއް ގޮތުގައި ތަރައްޤީކުރަމުންދާއިރު، ތައާރަފްކުރެވޭ ހުރިހާ ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތަކަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ފޯރުކޮށްދެވޭ ޚިދުމަތްތަކެއްކަން ޔަގީންކުރުމާއި އެކު ކަމަށް އުރީދޫން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިއަހަރު ތެރޭގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގެ ދިރިއުޅޭ މީހުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކުރުމާއި، އަދި އޯޕަން ޑޭޓާ މެދުވެރިކޮށް ހުޅުމާލެ ތަރައްޤީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުންވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީ އިންވަނީ މިދިޔަ އޭޕްރިލުމަހު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ސްމާޓް ސިޓީޒްގެ ހަރަކާތްތަކުގެ އިތުރުން، އަންހެނުން ބާރުވެރިކުރުމުގެ އިތުރުން، މޮބައިލް ޓެކޮނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، މި އެއްބަސްވުމުގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީން މަސައްކަތް ކުރާނެއެވެ.

އުރީދޫ އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބަސްވެފައިވާ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ ޖީއެސްއެމްއޭ ގައި ހިމެނޭ މޮބައިލް އޮޕަރޭޓަރ އެކެވެ. މިގޮތުން، ވަކިން ޚާއްޞަގޮތެއްގައި، ދެމެހެއްޓެނިވި ތަރަައްގީގެ ގޯލް 3 (ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން) ، ގޯލް 5 (މިންތީގެ ހަމަހަމަކަން) އަދި ގޯލް 9 (ސިނާއަތާއި، އާގޮތްތަކާއި، އުމްރާނީ ކުރިއެރުން) ހާސިލްކުރުމުގައި އެއްބާރުލުންދިނުމަށް އުރީދޫ މޯލްޑިވްސް އިންވަނީ އިސްނަގާފައެވެ.

މި އެމްއޯޔޫ އާއި އެކު، އިންސާނީ ތަރައްޤީ އާއި ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި، ކުރީއްސުރެ އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިގޮތުން، 2016 ވަނަ އަހަރު، މި ދެކުންފުނި ވަނީ މިޔަހެލި ނަމުގައި ރާއްޖޭގެ ފުރަތަމަ ސޯޝަލް އިނޮވޭޝަން ކޭމްޕް ހިންގާފައެވެ.

މި ޕްރޮގްރާމްގެ ދަށުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގައި ދިމާވާ އިޖުތިމާއީ ބައެއް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖޭގެ އެކިހިސާބުތަކުގައިވާ ޒުވާން ކުދިންގެ ހުށަހެޅުންތަކުގެ ތެރެއިން، ތިން ހުށަހެޅުން ތަރައްޤީކުރުމަށްޓަކައި ވަނީ ހޮވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު