Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް ފަޒްލޫނާއި ޝެއިޚް ނިޝާން ހައްޔަރުކުރުން

ޝެއިޚް ފަޒްލޫނާއި ޝެއިޚް ނިޝާންގެ ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ހިފަހައްޓައިފި

23 ޖޫން 2022 | ބުރާސްފަތި 02:51

މި ދެ ޝެއިޚުންގެ ހުއްދަ ހިފަހައްޓާފައިވަނީ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2022 | ބުރާސްފަތި 02:51
ޝެއިޚް ނިޝާން އާއި ޝެއިޚް ފަޒްލޫން

ޝެއިޚް ނިޝާން އާއި ޝެއިޚް ފަޒްލޫން

ޝެއިޚް ފަޒްލޫން މުހައްމަދާއި ޝެއިޚް އާދަމް ނިޝާންއަށް ދީފައިވާ ދީނީ ތަގުރީރު ކުރުމާއި ވައުޟޫ ވިދާޅުވުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޝެއިޚް ފަޒްލޫންގެ ހުއްދަ ހިފަހައްޓާފައިވަނީ 21 ޖޫން 2022 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިންނާއި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައިވާތީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަން ފުލުހުން އެ މިނިސްޓްރީއަށް އަންގާފައިވާތީ ކަމުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ އެއްވުމަށް ދައުވަތުދީ އެއްވުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެރިވެފައިވާ ކަމަށާއި ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކުރީފުގެ ޞީޢާއިން މީސްމީޑިއާގައި މުޙާތަބުކޮށްފައިވާކަން އެނގެން އެބައޮތް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޝެއިޚް ނިޝާންގެ ހުއްދަ ހިފަހައްޓާފައިވަނީ ޔޯގާ ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިންނާއި އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައިވާތީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަން ފުލުހުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ދެ ޝެއިޚުން ވެސް ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަދި ޤަވާއިދުގެ 5 ވަނަ މާއްދާގެ (ޅ) އާ ޚިލާފުވެފައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމް ދީނުގެ ނަމުގައި މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި، ދީނަށާއި ދީނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި މަދުބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާންކޮށް އެކަން ކުށްވެރިކޮށްފައެވެ. މުޖުތަމައުގައި ޢިލްމުވެރިންނަށް ދީފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށި ފިކުރަށް ހުޅުވައިދޭ ދޮރެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ބާތިލު ފިކުރުތަކަށް އަފްރާދުންދާ އެއް ސަބަބަކީ ދީނުގެ ސައްޙަ ޢިލްމު ނެތުންކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ފިކުރުތަކާ ދެކޮޅަށް ހިންގަން ޖެހޭ އެންމެ މުހިންމު ހަރަކާތަކީ މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއަކަށް އިސްލާމްދީނުގެ ޢިލްމު ފޯރުކޮށްދިނުން ކަމަށެވެ.

އެ މިނިސްޓްރީން ވަނީ އިސްލާމްދީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުޢީ ރިވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް ހުރިހާ ދީނީ ޢިލްމުވެރިންނަށް އިލްތިމާސްކޮށްފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ތިބި މީހުންނަށް ވެސް ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ޝެއިޚް ފަޒްލޫން އާއި ޝެއިޚް ނިޝާންގެ އިތުރުން ޕީޕީއެމްގެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް އާއި އެޕާޓީގެ އިތުރު އެކްޓިވިސްޓެއް ހިމެނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
07 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި

07 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
05 މާރިޗު 2017

ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

05 މާރިޗު 2017
ޔުނިވާސިޓީ އޮފް މިޗިގަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް