Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު"އުރީދޫ ނޭޝަން" ތައާރަފު ކުރުން

ގޭމަރުންނަށް ހާއްސަ "އުރީދޫ ނޭޝަން" ރާއްޖެއަށް ތައާރަފު ކޮށްފި

21 ޖޫން 2022 | އަންގާރަ 19:11

އުރީދޫ ނޭޝަން އަކީ ބައިނަލްއަގުވާމީ ގޭމިންގ ޕްލެޓްފޯމް އެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ޖޫން 2022 | އަންގާރަ 19:11
އުރީދޫ ނޭޝަން ތައާރަފު ކުރުން

އުރީދޫ ނޭޝަން ތައާރަފު ކުރުން

ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫއިން އެ ކުންފުނީގެ ބައިނަލްއަގުވާމީ ގޭމިންގ ޕްލެޓްފޯމް، "އުރީދޫ ނޭޝަން- ގޭމަރސް ލޭންޑް" ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ގޭމިންގ ޕްލެޓްފޯމް ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. މި ޕްލެޓްފޯމްއަކީ ރާއްޖޭގައި ގޭމިންގ ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ ގޭމިންގ އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި އުރީދޫ އިން ތައާރަފު ކުރި ޕްލެޓްފޯމް އެކެވެ.

އުރީދޫ އިން ބުނި ގޮތުގައި އުުރީދޫ ނޭޝަންގެ އަމާޒަކީ އުރީދޫގެ ވަރުގަދަ 4ޖީ އަދި 5ޖީ ނެޓްވޯކްއާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި، ގޭމިންގއާއި ގުޅުންހުރި ހުރިހާ ޙިދުމަތާއި މައުލޫމާތު އެއް ޕްލެޓްފޯމް އެއްގައި ގެނެސްދިނުން ކަމަށެވެ. އަދި އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް އާއި ނިންޓެންޑޯ އާއި ޕްލޭސްޓޭޝަންއާއި އެނޫންވެސް ދުނިޔޭގެ އެކި ގޭމިންގ ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ލިބޭނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ އާއި ގެރީނާ ފްރީ ފަޔަރ އާއި މޯބައިލް ލެޖެންޑްސް އާއި ކޯލް އޮފް ޑިއުޓީ، އާއި ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޯބައިލް ޑޭޓާ ޕެކުތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން މައުލޫމާތުދެއެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިންގ ޕެކުތަކާއި ކާޑު އަދި ކޮންޓެންޓުގެ އިތުރުން އަގުހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަރނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްދާނެއެވެ. އެގޮތުން، އުރީދޫ ނޭޝަންގެ ރާއްޖޭގެ ފުރަތަމަ މުބާރާތުގެ ގޮތުގައި "ޕަބްޖީ" ޗެމްޕިއަންޝިޕްއެއް ވަނީ އިއުލާންކޮށްފައެވެ. މި މުބާރާތުގައި 100،000 ޕްރައިޒް ޕޫލެއް ހިމެނޭއިރު ސިލްސިލާކޮށް ކުރިއަށްގެންދާ މުބާރާތްތަކުގައި ބައިވެރިވެގެން ލެވެލް މަތި ކުރާ ވަރަކަށް ފައިސާގެ އިނާމް އިތުރު ކުރެވޭނެއެވެ، މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާ އާއި ވަނަތައް އުރީދޫ ނޭޝަނަލް ލީޑަރ ބޯޑުން ފެންނަން ހުންނާނެއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖން ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭމިންގ އިންޑަސްޓްރީއަށް ތަފާތު ފުރުސަތުތައް ހުޅުވިފައިވާ ކަމަށާއި އުރީދޫގެ މި ޚިދުމަތާއެކު ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ، އަދި އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ އިން ބުނެފައިވާ ގޮތުގައި ގޭމިންގ އަކީ މިހާރު ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫނެވެ. ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިރު މީގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުންނާއި ސްޓްރީމްކުރާ މީހުންނާއި އެ ނޫންވެސް ތަފާތު އެކި ދާއިރާތަކުން ކެރިއަރ އެއް ގާއިމްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުން ކަމަށް ވެސް އުރީދޫ އިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް