Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމަށް ދޫކުރާ ރަށްތައް

ފައިސާ ލިބޭނެކަމަށްބުނެ ކުރީ ސަރުކާރުން ރިސިޕްޓް ދޫކުރި ރަށްތަކުގެ ފައިސާ އަދިވެސް ނުލިބޭ – މައުސޫމް

ހަމައެކަނި ދައުލަތުގެ ރިސިޕްޓް ދީފައިވަނީ ތިޖޫރިއަކަށް ނޫން، ވީނުވީއެއްވެސް ނޭނގި ވަރަށް ގިނަ ރަށްތައް، ފައިސާ ނުލިބި އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖޫން 2022 | އަންގާރަ 13:43
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް - މަޖިލީހުގެ ޖަލްސާގައި

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް - މަޖިލީހުގެ ޖަލްސާގައި

ކުރީ ސަރުކާރުން ރާއްޖޭގެ ރަށްތައް ފަތުރުވެރިކަމަށް ދޫކޮށްފައިހުރީ ފައިސާ ލިބޭނެކަމަށްބުނެ ރިސިޕްޓް ދޫކޮށްފައި ކަމަށާއި، މިހާތަނަށް ވެސް އެ ރަށްތަކުގެ ފައިސާ ނުލިބޭކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު ސައީދު ކުރެއްވި ސުވާލަކީ، މި ސަރުކާރުން ފަތުރުވެރިކަމަށް އައު ކިތައް ރަށް ދޫކޮށްފައިވޭތޯއާއި, ފައިސާ ނުލިބޭ ރަށެއް ހުރިތޯއެވެ.

މި ސުވާލުގެ ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ, ސަރުކާރުން ދޫކުރާ ރަށްތަކަށް ފައިސާ ލިބުމާއި ނުލިބުން މިއީ ވަރަށް މުހިންމު ސުވާލެއް ކަމަށެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްފައިވާ ރަށްތަކަށް ފައިސާ ލިބޭނަކަމަށް ބުނެ، ނުލިބިވެސް އެބަހުރި ކަމަށާއި، ހަމައެކަނި ދައުލަތުގެ ރިސިޕްޓް ދީފައިވަނީ ތިޖޫރިއަކަށް ނޫން ކަމަށާއި، ވީނުވީއެއްވެސް ނޭނގި ވަރަށް ގިނަ ރަށްތައް، ފައިސާ ނުލިބި އެބަހުރިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ބިޑްކުރި ހުރިހާ ރަށްތަކެއް، އަދި އެވޯޑްކުރަން ނިންމި ރަށްތަކުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ބާކީ ހުރި ހުރިހާ ރަށަކަށް ފައިސާ ދައްކައި ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ, މާލެ ސަރަހައްދުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް އިތުރުކުރެވިފައިވީނަމަވެސް އެހެން އަތޮޅުތަކަށް ފަތުރުވެރިކަން އެގޮތަށް ނާންނަކަމަށެވެ. އަދި މިނިސްޓްރީން ބަލަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުއިރު، އެއިރު މާލެ ސަރަހައްދުގައި އޮތް މޮޑެލް އަތޮޅުތަކަށް ގެންގޮސްގެން ކުރިއަށް ގެންދަވަންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދު މިއޮތީ ޓެކްސްވެސް ތައާރަފްކުރެވިފައި ކަމަށާއި، ޓެކްސްގެ ތެރެއިން ކުރިއަށްދާއިރު ޓެކްސް އުވައެއްނުލެވޭނެ ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންނަށްދޭ ޚިދުމަތްތައް މިއޮތީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި، އެހެންނަމަވެސް ލުއިދެވޭ ތަންތަނަށް ލުއި ދީގެން، ރާއްޖޭގައި އެންމެ ފުރަތަމަ ޓުއަރިޒަމް ފެށިގެން އައި މޮޑެލް، އޭރު ސަރުކާރުން މާބޮޑު އިންސެންޓިވްއެއް ނުދީ ޕްރައިވެޓް ސެކްޓަރގެ އަމިއްލަ މަސައްކަތުން ކާމިޔާބުކޮށްފައިވާކަމަށެވެ.

އެހެންކަމުން އެ މޮޑެލް އެހެން އަތޮޅުތަކުގައި ކުރިއަށް ގެންގޮސްގެން ކާމިޔާބު ވެދާނެ ކަމަށާއި، އެންމެ ބޮޑު ޗެލެންޖަކަށް އޮތީ ފައިނޭންސް ކަމަށެވެ. އަދި އެއީ ކުރިން ތިބި ކަހަލަ ބޮޑެތި ޓުއަރ އޮޕަރޭޓަރުން މިހާރު މަދުވުމުން ދިމާވާކަމެއްކަމަށާއި، މާޒީން އިބްރަތް ހާސިލްކޮށްގެން، ފަތުރުވެރިކަން މިހާރު ތަރައްގީނުވެ ހުރި އަތޮޅުތަކަށް ފަތުރުވެރިކަން ގެންގޮސް، ފުޅާކުރެވިދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު