Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ ތެޔޮ

ޗައިނާއިން ގިނަ އަދަދަކަށް ރަޝިޔާގެ ތެޔޮ ގަންނަކަން ހާމަވެއްޖެ

20 ޖޫން 2022 | ހޯމަ 08:26

ޔޫކްރެއިން ހަނގުރާމައަށް ރަޝިޔާއިން ދުވާލަކު 876 މިލިއަން ޑޮލަރު ޚަރަދު ކުރާކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ޖޫން 2022 | ހޯމަ 08:26
އޮއިލް ޓޭންކަރެއް

އޮއިލް ޓޭންކަރެއް

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ރަޝިޔާގެ ތެޔޮ ގަތުން އެހެން ގައުމުތަކުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި ޗައިނާއިން ގިނަ އަދަދަކަށް ރަޝިޔާގެ ތެޔޮ ގަންނަން ނިންމާ، އެކަން ކުރަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިނިންމުމާއެކު ޗައިނާއަށް އެންމެ ގިނައިން ކްރޫޑް ނުވަތަ ސާފުނުކުރާ ތެޔޮ ފޯރުކޮށްދޭ ގައުމަކަށް ރަޝިޔާވަނީ ވެގެން ގޮސްފައެވެ. މީގެ އެއްއަހަރު ކުރިން ރަޝިޔާގެ ތެޔޮ ޗައިނާއަށް އިމްޕޯޓްކޮށްފައިވާ މިންވަރަށް ވުރެ މިދިޔަ މޭމަހު އިމްޕޯޓްކުރި މިންވަރު ވަނީ 55 އިންސައްތަ އިތުރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ކުރިން ޗައިނާއަށް އެންމެ ގިނައިން އިމްޕޯޓްކުރަނީ ސައުދީ އަރަބިއްޔާގެ ތެލެވެ.

Advertisement - worldAdvertisement

ޔޫރަޕްގެ ބައެއް ގައުމުތަކާ އެމެރިކާއިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި ޗައިނާގެ ސައިނޯޕެކް އަދި ދައުލަތުން ހިންގާ "ޒެންހުއާ އޮއިލް" ފަދަ ބިޔަ ތެޔޮ ކުންފުނިތަކުން ރަޝިޔާގެ ތެޔޮ ގިނަ އަދަދަކަށް ގަންނަން ނިންމީ ޑިސްކައުންޓް އަގުގައި ލިބޭތީއެވެ. އިރުމަތީ ސައިބީރިޔާ ހުރަސްކޮށް އަޅާފައިވާ ހޮޅިތަކުން ޕަންޕުކޮށްގެންނާއި ކަނޑު މަގުން މިދިޔަމަހު އެކަނިވެސް 8.42 މިލިއަން ޓަނުގެ ތެޔޮ ރަޝިޔާއިން ޗައިނާއަށް އެތެރެކޮށްފައިވާ ކަމަށް ވެއެވެ. ސައުދީ އަރަބިއްޔާއިން ޗައިނާއަށް އެތެރެ ކޮށްފައިވަނީ 7.82 މިލިއަން ޓަނެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެމެރިކާ އަދި އިނގިރޭސި ވިލާތުން މިދިޔަ މާރޗް މަހުވަނީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ. އަދި ޔޫރަޕިއަން ޔޫނިއަނުންވެސް ދަނީ ރަޝިޔާގެ ތެލަށް ބަރޯސާވެފައި ތިބި ތިބުން ނިމުމަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. ތެލަކީ ރަޝިޔާގެ މައި ލޭނާރުކަމަށް ސިފަކުރެވޭއިރު، ތެޔޮ ގަތުން ބަންދުކުރުން ރަޝިޔާއަށް ގޮތް ހުސްވާނެ ކަމަށް އެމެރިކާ އަދި ޔޫރަޕުން ގަބޫލު ކުރެއެވެ.

ނަމަވެސް ހޯމަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި ހަގުރާމައަށް ދުވާލަކު ރަޝިޔާއިން 876 މިލިއަން ޑޮލަރު ޚަރަދު ކުރާއިރު، ތެލުން ދުވާލަކު ލިބޭ އާމްދަނީ އަދިވެސް އެއަށް ވުރެ އިތުރެވެ.

ޗައިނާއިން ގިނަ އަދަދަކަށް އީރާނުގެ ތެޔޮވެސް ގަންނަމުންދާކަން ވަނީ ހާމަވެފައެވެ. މިގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ތިން ޝިޕްމަންޓެއްގައި 260،000 ޓަނުގެ ތެޔޮ އީރާނުން ގަނެފައިވެއެވެ. އީރާނަކީވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ދަށުން ތެޔޮ ވިއްކުން މަނާކޮށްފައިވާ ގައުމެކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް