Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމްއާއި ހާނިމްގެ ދައުވާ

އާޒިމްއާއި ހާނިމްއަށް ކުރާ ދައުވާ: އިފްތިތާޙީ ބަޔާން އިއްވައިފި، ހެކިބަސް ނަގަން ފަށަނީ

20 ޖޫން 2022 | ހޯމަ 07:33

ޤާނޫނީ އިމުގެ ތެރެއިން ދިފާއު ބިނާ ކުރުމަށް ދައުލަތުގެ ހެކިތައް ފުދޭކަމަށް ހާނިމްގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2022 | ހޯމަ 07:33
ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން

ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ޖަލަށްލާފައިވާ ފަރާތެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ރާއްޖެއިން ބޭރަށް ފޮނުވި މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް އެ ފަރާތް ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ.

Advertisement - newsAdvertisement

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ އޭނާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

އޭނާ އޭރު ފުރުވާލި މައްސަލައިގައި ހާނިމާއި އާޒިމްގެ މައްޗަށް އުފުލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލާފައިވަނީ 12 ޖެނުއަރީ 2021 ގައެވެ. ވުމާއެކު، ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލައިގެ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

އެއަށްފަހު މޫސާ އާޒިމްގެ ފަރާތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އޭނާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަޤާމުގެ މަސްއޫލިއްޔަތުގެ ތެރެއިން އެއްވެސް މީހަކަށް ނުޙައްޤު މަންފާއެއް ހޯދައިދީފައެއް ނުވާނެއެވެ. އެކަންކަން ސާބިތުކޮށްދިނުމަށް ދިފާއީ ހެކި ހުށައަޅާފައިވާނެކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

ހެކީގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ހުށައަޅުއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއަށްފަހު ހާނިމްގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ނާޖާއިޒު ފައިދާއެއް ނުވަތަ މަންފާއަކީ ކޮބައިކަން ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުން ނޭނގޭކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ދައުވާކުރަނީ އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށްވާއިރު، އެ ޤާނޫނުގައި މާނަކޮށްދީފައިވާ ފަދަ ނާޖާއިޒު ފައިދާއެއް ތުހުމަތު ކުރާ ފަރާތުން ލިއްބައިދީފައިވާކަން ނުވަތަ ލިއްބައިދިން މަންފާއެއް ދައުލަތުން ހުށައެޅި ލިއެކިއުންތަކުން އެނގެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މި މައްސަލައިގައި ފުރުވާލިކަމަށް ބުނާ ފަރާތް ފުރުވާލީ ސިއްޙީ ބޭނުމަށް ކަމަށާއި، ސިއްޙީ ބޭނުމަކަށް ފުރުވާލުމަކީ އެ ޤާނޫނުގައި ބުނާ ފަދަ މަންފާއެއްތޯ ބަލަންޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދިފާއީ ހެއްކެއް ހުށައަޅާފައި ނުވާނެކަންވެސް ޔާމީން ފާހަގަކުރެއްވިއެވެ. ސަބަބަކީ ޤާނޫނީ އިމުގެ ތެރެއިން ދިފާއު ބިނާ ކުރުމަށް ދައުލަތުގެ ހެކިތައް ފުދޭތީކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަނީ މައްސަލަ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވާފައެވެ.

އިސްގާޒީ ޝަކީލު ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގައި އަދި 29 ވަނަ ދުވަހުގެ 14:00 ގައި ހެކިބަސް ނެގުމަށް އަޑުއެހުންތަކެއް ބާއްވަވާނެ ކަމަށެވެ.

އެއަށްފަހު އޯގަސްޓު މަހުގެ ތެރޭގައިވެސް 3 އަޑުއެހުމެއް ވަނީ ތާވަލު ކުރައްވާފައެވެ.

މި މައްސަލައިގެ ދިފާއީ ވަކީލުން ވަނީ އޯގަސްޓު މަހުގެ ތެރޭގައި މި މައްސަލައިގެ ދެން ހުރި އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް އެދިލައްވާފައެވެ.

އެކަމާ ގުޅޭގޮތުން އިސްގާޒީ ޝަކީލު ވިދާޅުވީ، ކޯޓުގެ ބެކްލޮގް ހުސްކުރުމަށް ހުރިހާ ގާޒީންވެސް އަވަދިނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި މައްސަލަވެސް ތާވަލު އެކުލަވާލެއްވީ ގިނަ ކަންތައްތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ.

އިސްގާޒީ ޝަކީލް ވަނީ މި މައްސަލަ އަވަހަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް