Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާން ޖީލެއް ބިނާކުރުން

ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން - ރައީސް

18 ޖޫން 2022 | ހޮނިހިރު 00:17

ސަރުކާރުން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި މިހާރުވެސް ހިނގަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖޫން 2022 | ހޮނިހިރު 00:17
ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން

ފުނަދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން

ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ.އަތޮޅު ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ހުކުރު ދުވަހުގެރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތްތައް ހިންގަނީ ތަޢުލީމީ ދާއިރާގެ ތެރެއިން ކަމަށެވެ. ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި، ސަރުކާރުން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި މިހާރުވެސް ހިނގަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ސްކޫލްތަކަށް ކްލާސްރޫމްތައް އެބަ އިތުރުކުރެވޭއިރު، ބައެއް ސްކޫލްތަކުގައި ސައެންސް ލެބޯރެޓްރީތައް އެބަ ގާއިމްކޮށް، ބައެއް ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އަމާޒަކީވެސް، ތަޢުލީމް ލިބިފައިވާ މީހުން ބިނާކުރުން ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން ށ. ފުނަދޫއިން އެކަނިވެސް 110 ދަރިވަރުން މިހާރުވެސް ކިޔަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ޕްރޮގްރާމްގެ ތެރެއިން ފުނަދޫގެ 6 ދަރިވަރަކު ތަޢުލީމް ހާސިލުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުނަދޫގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި، އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން ވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، އެ ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން މިހާރުން މިހާރަށް ގޮތްތަކެއް ހޯދަންޖެހިފައި އޮތް ކަމަކީ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުން ކަމަށާއި، އެއީ އަވަސް ޙައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް ކަމަށް ޤަބޫލުކޮށް، ލަސްތަކެއްނުވެ ވީހާވެސް އަވަހަށް އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގައި ތިބެ ޞިއްޙީ ޚިދުމަތް ކައިރިން ރަނގަޅަށް ލިބޭނެގޮތް ހޯދައިދިނުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި، އެ މަސައްކަތުގެ ތެރެއިން، ހޮސްޕިޓަލަށް ބޭނުންވާ އާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިޔާ ލަސްތަކެއްނުވެ ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށެއްގައި ސްކޫލެއް ޢިމާރާތްކޮށް، އެ ޢިމާރާތަކުން ޚިދުމަތްދޭތާ 50 އަހަރު ފުރިގެން ދިޔުމަކީ ކުޑަކަމެއް ނޫން ކަމަށާއި، 50 އަހަރު ފުރިގެން ދާ ސްކޫލް، މެދުނުކެނޑި ރަނގަޅު ޚިދުމަތްތަކެއް ހަމަ ގައިމުވެސް ދެވިގެން ގޮސްފައި އެ އޮތީ އެ ރަށުގެ ރައްޔިތުންނާއި، އެ ސްކޫލް އުފެއްދި ބާނީންނާއި، އެ ސްކޫލަށް މިހާރުވެސް ޚިދުމަތްކުރަމުން ގެންދާ ޓީޗަރުންނާއި، މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް އިލްތިމާސް ކުރައްވަނީ، އެ ކުދިންނަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ވިސްނާ، ޤައުމަށް ވަފާތެރި، އަދި ރާއްޖޭގެ އެހެން ހުރިހާ ކިޔަވާކުދިންނަށް ރީތި ނަމޫނާއަކަށްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް