Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

ރައީސްގެ ހިފެހެއްޓުމެއް ނެތް ޝުކުރު އެމްޓީސީސީއަށް

ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުންވަގުތަށް ނިންމައި، އޭގެ ކޮލިޓީއާއެކު، ރައްޔިތުން ބޭނުންވާގޮތަށް، އަދި ސަރުކާރުން ބޭނުންވާ ދުވަހަށް އެ މަސައްކަތްތައް ނިންމަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖޫން 2022 | ބުރާސްފަތި 14:21
ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފުކުރުން ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު (މ) އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އަދި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ (ވ)

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފުކުރުން ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު (މ) އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ކ) އަދި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ (ވ)

އެމް.ޓީ.ސީ.ސީ.އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށާއި، ހަވާލުކުރެވޭ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމައި، އޭގެ ކޮލިޓީއާއެކީގައި ރައްޔިތުން ބޭނުންވާގޮތަށް، އަދި ސަރުކާރުން ބޭނުންވާ ދުވަހަށް ނިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "އެއްގަމު ދަތުރުފަތުރުގެ ދާއިމީ ހައްލު، ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ރަށްވެހިންނަށް" ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ތައާރަފްކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމާ ހަވާލުވިއިރު، ހުޅުމާލޭގެ ޓްރާންސްޕޯޓް ޚިދުމަތް އޭރު ހަވާލުކޮށްފައި އޮތީ އެމް.ޕީ.އެލްއާ ކަމަށެވެ. އޭރު މި ޚިދުމަތް އެންމެ ރަނގަޅަށް ދެވޭނީ އެމް.ޕީ.އެލްއަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެކަމަށް އެކަށީގެންވާ ކުންފުންޏެއް އޭރުވެސް ސަރުކާރުގައި އޮތްކަމަށެވެ. އެމް.ޓީ.ސީ.ސީ އަދި ޓްރާންސްޕޯޓް މިނިސްޓަރު އެކަމަށް އިސްނަންގަވައި، ވަޒީރުންގެ މަޖިލީހުގައި މިކަމާ މަޝްވަރާކުރުމަށްފަހު، ހުޅުމާލޭގެ ޓްރާންސްޕޯޓުގެ ހުރިހާ ކަމެއް އެމް.ޓީ.ސީ.ސީއާ ހަވާލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، އަވަސްކޮށް، ހަލުވިކޮށް، ފަސޭހައިން އެ ޚިދުމަތް ލިބޭނެގޮތް އިންތިޒާމުކުރުމަށްޓަކައި އެމް.ޓީ.ސީ.ސީއާ ހަވާލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާދަމް އާޒިމް އެމް.ޓީ.ސީ.ސީއާ ހަވާލުވިއިރު އެތަނުގައި ތިބީ 1400 މުވައްޒަފުން ކަމަށެވެ. އޭރު އެކަށީގެންވާ ޕްރޮޖެކްޓްތަކެއް ނުހިނގާކަމަށާއި، ނަމަވެސް މިއަދު ރާއްޖޭގައި މިހިނގާ 300ށްވުރެ ގިނަ ޕްރޮޖެކްޓްތައް ހިނގަމުންދާއިރު، އޭގެ ބޮޑުބައި އެމް.ޓީ.ސީ.ސީން ހިންގަމުންދާއިރު، 3700ށްވުރެ ގިނަ މުވައްޒަފުން އެމް.ޓީ.ސީ.ސީގައި މިއަދު އެބަ މަސައްކަތްކުރާކަމަށެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގެންފައި އޮތްގޮތުންނަމަ، މި އަހަރު ނިމޭއިރު، 4000ށްވުރެ ގިނަ މުވައްޒަފުން، އެމް.ޓީ.ސީ.ސީގައި އެކިއެކި މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާނެކަމަށެވެ. މިއީވެސް ރާއްޖެއަށް ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 2 ތަރައްގީކުރުމުގައި އަދިވެސް ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް، އެ ސަރަހައްދުގެ ބީޗް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، އެމް.ޓީ.ސީ.ސީގެ ފަރާތުން މިހާރު އެތަން ތައްޔާރުކުރުމުގައި ޕްލޭނެއް އެކުލަވައިލައި، އަގުތައް ހޯދައި، އަމަލީގޮތުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ސްވިމިންގ ޓްރެކަކާއި، ހަޓްތަކާއި، އަދި ޕަބްލިކް ޓޮއިލެޓާއި، އާއިލާއާ އެކީގައި ގޮސް، ގޮނޑުދޮށުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ އިންތިޒާމުތަކެއް ރާވަމުންގެންދާކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 2ގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުންނަށް، އަދި އަންނަން ތިބި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކާއި އުފަލެއްކަމަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމް.ޓީ.ސީ.ސީން ރާއްޖޭގެ ތަރައްގީއަށްޓަކައި މިހާރުވެސް ހިންގަމުންގެންދާ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް (އެއީ މަގުހެދުން ކަމަށް ވިޔަސް، ބަނދަރު ހެދުން ކަމަށް ވިޔަސް، އެއަރޕޯޓުތައް ތަރައްގީކުރުން ކަމަށް ވިޔަސް، ގޮނޑުދޮށްތައް ހިމާޔަތް ކުރުން ކަމަށް ވިޔަސް) މިއިން ކޮންމެ ޕްރޮޖެކްޓެއް ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް، ބޭނުންވާގޮތަށް ނިންމުމަށް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތަށްޓަކައި ހުރިހާ މުވައްޒަފުންނަށް، ޚާއްސަކޮށް ސީ.އީ.އޯއާއި ޗެއަރމަން އަދި ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އެމްޓީސީސީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު