Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމާއި ހަރުކަށި ފިކުރު

ޕެންޑްރައިވްއިން ފެނުނު އައިސިސްއާ ގުޅުންހުރި ލިޔުންތަކަކީ ނާޒިމް ގެންގުޅުނު އެއްޗެއް ނޫން: ވަކީލު

16 ޖޫން 2022 | ބުރާސްފަތި 07:59

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 24 އޯގަސްޓުގެ 11:30 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2022 | ބުރާސްފަތި 07:59
ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އއ މާޅޮސް އަސަރީގޭ މުޙައްމަދު ނާޒިމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާއެއްގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ނާޒިމަށް ދައުވާ އިއްވައި، އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް އެ އަޑުއެހުން ކުރިއަށް ދިޔައީ ވަކީލަކާ ނުލައެވެ.

މިހާރު އޭނާގެ ފަރާތުން ވަކީލަކު އައްޔަނުވެފައިވާއިރު، ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިއްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި އޭނާގެ ގެ ބަލައި ފާސްކުރިއިރު ގެއިން ފެނުނު ދަބަހެއްގެ ތެރޭގައި އޮތް ޕެންޑްރައިވްއަކުން އައިސިސް ޖަމާއަތަށް ތާއީދުކުރާކަމަށް ބެލެވޭފަދަ ލިޔެކިޔުންތަކެއް ވަނީ ފެނިފައެވެ.

ނާޒިމް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ނާޒިމްގެ ވަކީލު ޙަމްޒާ ލަތީފް ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ ލިޔުންތަކަކީ ނާޒިމް ހޯދާފައިވާ އަދި އޭނާ ގެންގުޅެފައިވާ ލިޔުންތަކެއް ނޫނެވެ.

ނާޒިމް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ. އެއަށްފަހު ގާޒީ ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅުއްވާފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ ދިފާއީ ހެކި ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް އިތުރު 10 ދުވަސް ގާޒީ ދެއްވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 24 އޯގަސްޓުގެ 11:30 ގައެވެ.

ކްރިމިނަލް ކޯޓްޓެރަރިޒަމް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް