Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރިއަށް ގެންދާނެ މަޝްރޫއުތައް

މާލީ ހާލަތާ ގުޅިގެން، ކުރިއަށްނުގެންދާނެ މަޝްރޫއުތައް ނިންމާނީ ފިނޭންސް މިނިސްޓްރީން – އަސްލަމް

ކުރިއަށް ފަށަން ހުރި މަޝްރޫއުތަކުގެތެރެއިން މަޑުޖައްސާލައި، ފަހުން ފަށަން ހުރީ ކޮން ޕްރޮޖެކްޓްތަކެއްކަން އަދި ނިންމާފައެއްނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 14:14
ޕްލޭނިންގ މިނިސްޓަރ އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ

ޕްލޭނިންގ މިނިސްޓަރ އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ

މާލީ ހާލަތާގުޅިގެން މިވަގުތަށް މަޑުޖައްސާލާނީ ކޮން މަޝްރޫއެއްތޯ ނިންމެވުމުގެ އެންމެ އިސް ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް ކަމަށާއި، އެކަން ކުރިއަށް ގެންދަވަނީ އެ މިނިސްޓްރީންކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބުދަދުވަހުގެ ޖަލްސާފައި ވަޒީރުންނާ ސުވާލުކުރުމުގެ ބައިގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކީ، ޚަރަދުކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައިވާކަމަށާއި، ކިތައް ޕްރޮޖެކްޓް ހުއްޓާލައްވަން ގަސްތު ކުރައްވަންތޯއާއި، މިއަހަރަށް ބަޖެޓްކުރެވިފައިހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފައިސާ ނުލިބިހުރީ ކިތައް ޕްރޮޖެކްޓްކަން އަންދާޒާކުރައްވަންތޯއެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، މާލީ ދަތިކަމާހުރެ ހިނގަހިނގައިހުރި ޕްރޮޖެކްޓެއް އަދި ހުއްޓާނުލާކަމަށެވެ. އަދި ކުރިއަށް ފަށަން ހުރި މަޝްރޫއުތަކުގެ ތެރެއިން، މަޑުޖައްސާލައި، ފަހުން އެ މަޝްރޫއުތައް ފަށަން ހުރީ ކޮން ޕްރޮޖެކްޓްތަކެއްކަން އަދި ނިންމާފައި ނެތްކަމަށެވެ. އަދި ޕްރޮސެސް އޮންނަގޮތުން، މަޝްރޫއެއް ކުރިއަށްގެންދަން މިނިސްޓްރީން އެދުނުނަމަވެސް، ފިނޭންސް މިނިސްޓްރީގައި ހުއްދައަކަށް އެދެންޖެހޭ ކަމަށެވެ.

ނިމިގެންދިޔަ ހަފުތާގެ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ, ސަރުކާރުން ޚަރަދުކުޑަކުރުމަށް ކުރައްވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުން ބަޖެޓް ކުރެވިފައި އޮތްގޮތުން މޭ މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެހެން ނަމަވެސް، މޭ މަސް ނިމުނުއިރު ޚަރަދުވީ 14.1 ބިލިއަން ރުފިޔާކަމަށާއި، ޚަރަދުތައް ކުޑަކުރެވިއްޖެކަމަށެވެ.

އަދި ބައެއް އާ ބައެއް މަޝްރޫއުތައް ފެށުންވެސް ހުއްޓާލާފައިވާކަމަށާއި، އޭގެ ތަފްސީލުތައް ހާމަކުރަމުން ގެންދަވާނެ ކަމަށެވެ. އިތުރު އާ ބޮޑު މަޝްރޫއެއް، އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން، މިވަގުތަކު ކުރިއަށްގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށާއި، މިހާރު ހަމަޖެހިފައިހުރި ލޯނުތަކާއެކު މަޝްރޫއުތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޑެޕްޓް ފައިނޭންސިންގ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ކަމަށާއި، އޭގެތެރެއިން 7.9 ބިލިއަން ރުފިޔާ ސެކުއަރ ކުރެވިފައި އެބަހުރިކަމަށެވެ. އިތުރަށް ބޭނުންވަނީ 2 ބިލިއަން ރުފިޔާ ހޯދަން ކަމަށާއި، އެ މަސައްކަތް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ، ސުވާލަކީ އެ ނުލިބިއްޖިއްޔާ ދެން ކިހިނެއްތޯ ހަދާނީ ކަމަށާއި، ކުރަންޖެހޭނެ ކަމަކީ، ބައެއް މަޝްރޫއުތައް ހުއްޓާލައި، ޚަރަދުތައް ކުޑަކޮށްފައި، ލިބޭ އެއްޗަކުން ދެކޮޅުޖެއްސުން ކަމަށެވެ. އަދ އެކަން ކުރައްވާނެކަމަށެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު