Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސުޕަނެޓްގެ ހިދުމަތް ދިގުރަށަށް ތައާރަފު ކޮށްފި

ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް ތައާރަފު ކޮށްފި

ދިގުރަށުގައި 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި އިންޓަނެޓް ލިބޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 12:36
އުރީދޫ

އުރީދޫ

ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނި އުރީދޫގެ ފަރާތުން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އދ. ދިގުރަށަށް ތައާރަފްކޮށްފިއެވެ.

މި ހިދުމަތާއެކު ދިގުރަށުގެ މީހުންނަށް ހަލުވިކަމާ އެކު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި، އެކި ކަހަލަ ޑޭޓާ ޕެކޭޖުތައް ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. މިއީ މިވަގުތު މާކެޓުގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ވަރުގަދަ ނެޓްވޯކް ކަވަރޭޖް އަކާއި ހަލުވި ސްޕީޑެއްގައި އެ ހިދުމަތް ދިގުރަށުގެ މީހުންނަށް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި މިއާއެކު އެ ރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ ކުރިއެރުވުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެެއެވެ.

މީގެ އިތުރުން ސުޕަރނެޓް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާގޮތަށް ވެސް ވަނީ ބަދަލުތައް ގެނެސްފައެވެ.

އުރީދޫއދ. ދިގުރަށް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
08 ސެޕްޓެމްބަރު 2025

ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ

08 ސެޕްޓެމްބަރު 2025
ދިގުރަށަށް ރައީސް ވަޑައިގަންނަވާ ދަތުރުފުޅާއި ގުޅިގެން ޖިއޯބޭގްތައް ގެނެސްފި، މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު ވަނީ
04 ސެޕްޓެމްބަރު 2025

ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

04 ސެޕްޓެމްބަރު 2025
ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު