Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްﷲ ހަނދުމަކުރުން

ހިތްހަމަ ޖެހެނީ ﷲ ހަނދުމަކުރުމުންނެވެ!

ﷲ ހަނދުމަކުރުމަކީ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަންމަވެ، އެކަލާނގެ މިންވަރުފުޅަށް ރުހި، އެކަލާނގެ ދެއްވި ކޮންމެ ނިޢުމަތަކަށް ޝުކުރުވުން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 15 ޖޫން 2022 | ބުދަ 09:58
މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ

މިސްކިތެއްގައި މީހަކު ނަމާދު ކުރަނީ

ކޮންމެ އިންސާނަކު ވެސް ބޭނުންވަނީ ހިތްހަމަޖެހުން ހޯދާށެވެ. ހިތްހަމަޖެހުން ހޯދުމަށްޓަކައި ބައެއް މީހުން ވިޔަފާރިކޮށް، މުދަލާ ފައިސާ އިތުރުކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރެއެވެ. އަނެއް ބަޔަކު ބަލަނީ، މީހުންގެ ތެރޭގައި ބަސްކިޔާ ނުފޫޒް ގަދަބަޔަކަށް ވެވޭތޯއެވެ. އަދިވެސް އެއްބަޔަކު ހިތްހަމަޖެހުން ހޯދުމުގެ މަގުސަދުގައި މަސައްކަތް ކުރަނީ މަތިވެރި މަޤާމްތަކަށް ވާސިލްވެވޭތޯއެވެ.

ކަންއޮތީ މިހެންކަމުގައި ވިޔަސް، ހިތްހަމަޖެހުމަކީ، ހަޤީގަތުގައި މުދަލާއި ފައިސާއާ ގުޅިފައިވާ ކަމެއް ނޫނެވެ. ނުފޫޒާއި މަޤާމްއާ ގުޅިފައިވާ ކަމެއްވެސް ނޫނެވެ. ނުފޫޒާއި މަޤާމްއާ ގުޅިފައިވާ ކަމެއްވެސް ނުމެނޫންމެއެވެ. ހިތްހަމަޖެހުމަކީ، އިންސާނާގެ ވިސްނުމާއި، އީމާން ކަމާގުޅިފައިވާ ކަމެކެވެ. މިކަމުގެ ދަލީލަކީ، ކިތަންމެ ބޮޑު ފައިސާވެރިޔަކު ނަމަވެސް، އަދި ކިތަންމެ ގަދަރުހުރި އިއްޒަތްތެރިޔަކު ނަމަވެސް ބަލިހާލު ބޮޑުވެއްޖެނަމަ، ފިކުރުބޮޑުވާކަމެވެ. އެހެން މުސީބާތެއް ދިމާވި ނަމަވެސް ކަންބޮޑުވެ ހާސްވާކަމެވެ. އެފަދަ ވަގުތުގައި އޭނާ ޖަމާކޮށްފައިވާ ފައިސާތަކުގެ ބޭނުމެއް ނުހިފެއެވެ. އިއްޒަތާ މަޤާމުގެ ސަބަބުން ވެސް ލުޔެއް ނުހޯދެއެވެ.

ހިތްހަމަޖެހުމަކީ، އިންސާނާގެ އީމާންކަމާ ގުޅިފައިވާ ކަމަކަށްވާތީ، ކިތަންމެ ކުޑަ އެތިކޮޅެއް ލިބޭ، ކިތައްމެ ނުފޯރާ މީހަކަށްވެސް، ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެއެވެ. ލިބޭ އެއްޗަކުން ފުދިގެން އެކަމަށް ޝުކުރު ކޮށްގެން އުޅުމަކީ އީމާންކަމުގެ ބައެކެވެ. ހަޤީގީ ހިތްހަމަޖެހުން ވަނީ އެކަމުގައެވެ.

އިންސާނުންނަށް ހިތްހަމަޖެހުން ލިބެން އޮތްގޮތާމެދު ﷲ ސުބުޚާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

"أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (އައް ރަޢްދް 28) މާނައީ: ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟

ﷲ ހަނދުމަކުރުމަކީ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަންމަވެ، އެކަލާނގެ މިންވަރުފުޅަށް ރުހި، އެކަލާނގެ ދެއްވި ކޮންމެ ނިޢުމަތަކަށް ޝުކުރުވުމެވެ. ލިބޭ އެއްޗަކުން ފުދިގެން އުޅުމެވެ. ދުނިޔޭގެ މޮޅު ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ﷲގެ ރުހިވޮޑިގަތުމާއި އާޚިރަތުގެ ދާޢިމީ ނިޢުމަތް ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ﷲ ހަނދުމަކުރުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2020

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

11 ޑިސެމްބަރު 2020
އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު