Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭގައި ސްކޫލްތައް ތަރައްގީކުރުން

ހުޅުމާލޭގައި ކިޔަވާ ކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި، އިތުރު ސްކޫލްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދޭ - ނައިބުރައީސް

ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖޫން 2022 | އަންގާރަ 14:59
ނައިބުރައީސް ފައިސަލް ނަސީމް

ނައިބުރައީސް ފައިސަލް ނަސީމް

ހުޅުމާލޭގައި ކިޔަވާކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލުތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަމަށެވެ. އޭގެ ތެރޭގައި 2 ޕްރީސްކޫލުވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން، އިނގިރޭސި މީޑިއަމާއި އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

އަލްޖެރީ ހޯލްޑިންގ ގުރޫޕުން މި ސްކޫލު ތަރައްގީކުރާނީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު، ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މިސަރުކާރުން ތައުލީމީ ދާއިރާއިން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ގުޅުންބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ކިޔަވައިދެވޭ މާހައުލާއި ގޮތްތައް ބަދަލުކޮށް، މަތީފަންތީގެ ތަައުލީމީ ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިޔުމާ އެއްވަރަށް ތައުލީމީ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލްޖެރީހޯލްޑިންގސް ގުރޫޕާއެކު ސަރުކާރުން ކުރާ މިމަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަމަށެެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރިންނަށް ތައުލީމު ދިނުމުގައި، ނުރަނގަޅުކަންކަމުގެ ތެރެއަށް ކުދިން ހުށައެޅިގެން ދިޔަނުދިމާއި، ދިރިއުޅުމުގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، ހުރިހާ ބާވަތެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ގެއާއި ސްކޫލާއި އެހެނިހެން ތަންތަނަކީވެސް، ކުދީންނަށް އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހަދައިދިނުމަކީ، ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތަކާއި، ބެލެނިވެރިންނާއި އަދި ބަލަދުވެރިންގެ އިތުރުން، މުޖުތަމައުގެ ޒިންމާއެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިން ކިޔެވުމުގެ ކަންކަން އޮތްގޮތް ފާހަގަކުރައްވައި، ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމުހޫރިއްޔާގެނައިބު ވިދާޅުވީ، މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އިސްލާމީ އަގީދާއަށް ބޯލަނބައިި، އިހުތިރާމާއި ނަޒާހަތްތެރިކަމާއި އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެއުޅޭ މާހައުލެއް ދަރިވަރުންނަށް ގާއިމްކޮށްދިނުންކަމަށެވެ.

އަދި ހުރިހާ ބާވަތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ، އެންމެ ފުރިހަމަގޮތުގައި ކުދީންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުންކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްހުޅުމާލެމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު