Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިންސެންޓް ކޮމްޕެނީ

ބާންލީގެ ކޯޗަކަށް ކޮމްޕެނީ ހަމަޖައްސައިފި

ބާންލީއާ ހަވާލުވުމުގެ ކުރިން ކޮމްޕެނީ ހުރީ ބެލްޖިއަމްގެ ރޯޔަލް ސްޕޯޓްސް ކުލަބް އެންޑާލެޗްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2022 | އަންގާރަ 11:59
ކޮމްޕެނީ

ކޮމްޕެނީ

ބަރންލީގެ ކޯޗަކަށް ވިންސެޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ކޮމްޕެނީ ހުރީ ބެލްޖިއަމްގެ ރޯޔަލް ސްޕޯޓްސް ކުލަބް އެންޑާލެޗްގައެވެ. ބަރންލީއާ ހަވާލުވުމަށްފަހު ކޮމްޕެނީ ބުނީ ބަރންލީ އަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީޚެއް އޮތް ޓީމެއް ކަމަށެެވެ. އަދި ބަރންލީގެ ކޯޗަކަށްވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އައު ޗެލެންޖެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ބުނީ ބަރންލީގެ ކުޅުންތެރިންނާއިއެކު ކުރިއަށް ދާން ބޭނުންވާ ކަމަށާއި، ސަޕޯޓަރުންނަށް މޮޅު ޓީމެއް ދައްކަން ބޭނުންވާކަމަށެވެ. އަދި ބަރންލީގެ ކުރިމަގާ މެދު އެ ޓީމުގެ ބޯޑުން ގެންގުޅޭ ވިސްނުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ބަރންލީ ނިކުންނާނީ މުހިންމު ސީޒަނަކަށް ކަމަށާއި، އޭނާގެ ދައުރު ދައްކަން ބޭނުންވާ ކަމަށެވެ.

ބަރންލީގެ ޗެއާމަން އާލަން ބުނީ ކޮމްޕެނީއަށް މުޅި ޓީމުގެ ފަރާތުން މަރުހަބާ ކިޔާކަމަށެވެ. އަދި އޭނާ ފާހަގަ ކުރި ގޮތުގައި ކޮމްޕެނީއަކީ ލީޑަރެއްކަން އޭނާ ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ބަރންލީ އަލުން އަނބުރާ ޕްރިމިއަރ ލީގަށް ގެންދިޔުމަށް ކޮމްޕެނީއާއެކު އިތުރު ހިތްވަރެއް ލިބޭނެކަމަށެވެ. އޭނާ ވަނީ ކޮމްޕެނީ އެންޑާލެޗްގައި ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ބަރންލީން ވަނީ ނިމުނު ސީޒަނުގައި އެކަލަބަށް ދިގު މުއްދަތެއްގައި އިރުޝާދު ދިން ޝޯން ޑައިޝް ކޯޗުކަމުން ވަކިކޮށްފައެވެ. ވަގުތީ ކޯޗު މައިކް ޖެކްސަންއަށްވެސް ކްލަބް ރެލިގޭޓެވިޔަ ނުދީ ސަލާމަތްނުކޮށްދެވުނެވެ. ކޮމްޕެނީ ވަނީ މެންޗެސްޓަރ ސިޓީގައި ހޭދަކުރި 11 އަހަރުގެ ތެރޭގައި 4 ޕްރިމިއަރ ލީގު އުފުލާލާފައެވެ. އެމުއްދަތުގައި 11 ތަށި ހޯދިއެވެ. ފުރަތަމަ ކޯޗިންގ މަސައްކަތް ފެށީ ކުޅުންތެރިއެއްގެ ގޮތުގަ ހުރެއެވެ. ކޯޗިންގ އަށް ހުސްވީ 2020 ވަނަ އަހަރުއެވެ.

ބަރންލީކޮމްޕެނީ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
21 މެއި 2024

ބަޔާންގެ ކޯޗަކަށް ކޮމްޕެނީ ގެންނަން މަޝްވަރާ ކުރަނީ

21 މެއި 2024
ބަޔާންގެ ކޯޗަކަށް ކޮމްޕެނީ ގެންނަން މަޝްވަރާ ކުރަނީ
12 މެއި 2024

ފަހަތުން އަރައި ޓޮޓެންހަމުން ބާންލީ ބަލިކޮށްފި

12 މެއި 2024
ފަހަތުން އަރައި ޓޮޓެންހަމުން ބާންލީ ބަލިކޮށްފި
28 އެޕްރީލު 2024

ބާންލީ ކައިރިން ޔުނައިޓެޑު އެއްވަރު

28 އެޕްރީލު 2024
ބާންލީ ކައިރިން ޔުނައިޓެޑު އެއްވަރު
28 އޯގަސްޓު 2023

އެސްޓަން ވިލާ އިން ބާންލީ ބަލިކޮށްފި

28 އޯގަސްޓު 2023
އެސްޓަން ވިލާ އިން ބާންލީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު