Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 ޕެންޑަމިކް

ކޮވިޑު މަތިން ހަނދާން ނައްތާލެވޭކަށް ނެތް

14 ޖޫން 2022 | އަންގާރަ 02:01

ރާއްޖޭގައި އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 ޖޫން 2022 | އަންގާރަ 02:01
ޅ. އަތޮޅުން ކޮވިޑް ބަލީގައި ނިޔާވި މީހެއް ވަޅުލުމަށް ގެންދަނީ

ޅ. އަތޮޅުން ކޮވިޑް ބަލީގައި ނިޔާވި މީހެއް ވަޅުލުމަށް ގެންދަނީ

ފާއިތުމިވީ ފަސޭހަ ދުވަސްކޮޅެކެވެ. ދެ އަހަރަށްފަހު އާންމު ދިރިއުޅުމަށް ރުޖޫއަވީއެވެ. އެތައް ދައްޗަކާއި ތުރާލެއް ތަހައްމަލުކޮށްފައެވެ. ދެ އަހަރު ދުވަސް ވަންދެން މުޅި ގައުމު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ކޮވިޑް-19ގެ ހާލަތު ހަމައަކަށް އެޅެންދެން މި ހާލަތުގައި، އެތައް ގޮންޖެހުމަކާއެކު ދިވެހިން ދުވަސްތަކެއް ހޭދަކޮށްފިއެވެ.

ދެ އަހަރަށްފަހު މީގެ ތިން މަސް ކުރިން، މާރޗް 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާފައިވާކަން އިއުލާނުކުރައްވާފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު އެތައް ކަމަކަށް ލުއި ލިބިގެން ދިޔައެވެ. މާސްކު އެޅުމާއި، ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުން އުވިދިއުމާއި، މިފަދަ އެތައް ކަމެއް އުވާލިއެވެ. އެއް ބަޔަކަށް ކުރެވުނީ، ބަންދެއްގައި ހުރެފައި މިނިވަންވި ކަމުގެ އިހުސާސެވެ.

ކޮންމެއަކަސް މިނިވަންކަންމަތީ، އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ތިންމަސް އުޅެވިއްޖެއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި އާންމު ދިރިއުޅުމުގައި މާސްކު ބޭނުންކުރީ މަދު ބައެކެވެ. މާސްކު އެޅުމުގެ ފިޔަވަޅު އުވާލިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަކީ އެޗްޕީއޭއިންވެސް ބާރުއަޅާ ކަމެކެވެ. މަދު ބަޔަކު މާސްކު އަޅައިގެން އާންމު ދިރިއުޅުމުގެ ކަންކަން ކުރިނަމަވެސް ގިނަ މީހުން ކޮވިޑްގެ މަތިން ހަނދާން ނެތިފައި ތިބި ފަދައެވެ. އަދި ކޮވިޑަކީ ނެތް އެއްޗެއް ކަމަށް ހީކޮށްލައިގެންވެސް އެއް ބަޔަކު އެބަތިއްބެވެ.

މިހެން ތިއްބައި އެންމެންގެ ސަަމާލުކަން ކޮވިޑަށް ހުއްޓިގެން ދިޔައީ ކޮވިޑް ކޭސްތައް އިތުރުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ހިސާބުންނެވެ. ހިތަށް ހަމަޖެހުމެއް ގެނައުމަށްފަހު އަނެއްކާވެސް ހިތަށް ނުތަވަނަވަސްކަން ގެނައީއެވެ. ދެން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަން ފެށީއެވެ. އެއްވެސް މީހަކު ބޭނުން ނުވިޔަސް އަނެއްކާވެސް ގުރުބާނީތަކެއް ވާންޖެހިދާނެ ހާލަތަކަށްވެސް ތިބެންޖެހެނީ ތައްޔާރުވެގެންނެވެ. ހަމަގައިމުވެސް މިހާރު ވަނީ މާސްކު އަޅައިގެން އުޅުމަށް އަންގާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަދިވެސް ކޮވިޑް-19 ފެތުރެމުން އެބަދެއެވެ. އެހެންނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިއަށްވުރެ މަދެވެ. މިއާއެކު އެހެން ގައުމުތަކުންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް ދޫކޮށްލާފައެވެ. މިގޮތަށް ތިއްބައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އިންޒާރެއް ދީފައެވެ. ކޮވިޑް-19 ޕެންޑަމިކަކީ އަދިވެސް ދެމިއޮތް އެއްޗެއްކަމުގެ ހަނދާން މިވަނީ އައުކޮށްދީފައެވެ. މީގެ ކުރިން ކުރިމަތިލާފައިނުވާވަރުގެ ނުރައްކާތެރި ވޭރިއެންޓެއް ފެނިދާނެ ކަމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިލްތިމާސްކޮށްފައިވާއިރު، އަދިވެސް ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖެހުން މުހިންމެވެ. ގައުމުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދަން މަސައްކަތްކުރުން މުހިންމެވެ. ކޮވިޑްގެ ކޭސްތައް މަދުވިޔަސް ޕެންޑަމިކް ނިމެންދެން، ޕެންޑަމިކް ކުރިއަށްދާކަން ހަނދާންކޮށްދޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19އެޗްޕީއޭޑަބްލިޔުއެޗްއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް