Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣަރަގުވިތާ ތިން ގަރުނުވީ މަނަވަރެއް

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

11 ޖޫން 2022 | ހޮނިހިރު 07:43

އެއީ 1682 ވަނަ އަހަރު ޣަރަގުވި ޝާހީ އަސްކަރީ މަނަވަރެއް ކަމަށްވާ ދަ ގްލޮސްޓާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖޫން 2022 | ހޮނިހިރު 07:43
ދަ ގްލޮސްޓާ - އެއީ 1682 ވަނަ އަހަރު ޣަރަގުވި ޝާހީ އަސްކަރީ މަނަވަރެއް

ދަ ގްލޮސްޓާ - އެއީ 1682 ވަނަ އަހަރު ޣަރަގުވި ޝާހީ އަސްކަރީ މަނަވަރެއް

އިންގްލަންޑްގައި ވެރިކަން ކުރައްވާނެ ރަސްކަލަކު ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ބްރިޓްންގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ ސަރަހައްދަށް، 1682 ވަނަ އަހަރު ޣަރަގުވި ޝާހީ އަސްކަރީ މަނަވަރުގެ ވާހަކަތައް، އަހަރުތަކެއް ވަންދެން ސިއްރު ކޮށްފައި ބޭއްވުމަށްފަހު، ހުކުރު ދުވަހު އާންމު ކޮށްފިއެވެ.

މީގެ އެތައް ސަތޭކެ އަހަރެއް ކުރިން ޣަރަގުވި މަނަވަރުގެ މައުލޫމާތު، 15 ވަރަކަށް އަހަރު ދުވަސް ވަންދެން ސިއްރު ކޮށްފައި އޮތީ، އެފަދަ ތަކެތިން ވައްކަން ކޮށް އުޅޭ ވަގުންގެ ހަމަލާތަކުން ސަލާމަތް ވުމަށެވެ.

އެއީ މީގެ 340 އަހަރު ކުރިއެވެ. "ދަ ގްލޮސްޓާ"ގެ ނަން ދީފައިވާ މަނަވަރުގައި، އޭރުގެ ޑިއުކް އޮފް ޔޯކް، ކިންގް ޖޭމްސް 2 ވަނަ ދަތުރުފުޅު ކުރައްވަމުން ގެންދެވިއެވެ. ފެތެމުން ދިޔަ މަނަވަރުން އޭނާއަށް ސަލާމަތްވެވަޑައިގެންނެވުނީ ހަމަ ކިރިޔާއެވެ. ރަސްގެފާނުގެ ލަގަބު، އޭރުގެ ޑިއުކް އޮފް ޔޯކްއަށް ލިބިވަޑައިގަތީ އޭގެ 3 އަހަރު ފަހުންނެވެ.

މަނަވަރު ޣަރަގުވި ސީދާ ސަރަހައްދު އޮތީ ދާދި ފަހަކާ ޖެހެންދެންވެސް ވީ ނުވީއެއް ނޭނގިއެވެ. އެ ސަރަހައްދު ހޯދީ ޑައިވް ކުރުމުގައި ހަރަކާތްތެރިވާ ދެބެން ކަމަށް ވާ، ޖޫލިއަންއާއި ލިންކަން ބާންވެލްއެވެ. 4 އަހަރު ދުވަހުގެ މަސައްކަތް، އެ ސަރަހައްދުގައި ފެށީ 2007 ވަނަ އަހަރުއެވެ.

ތާރީހީ ކިތަންމެ އާސާރެއް، މަނަވަރު ޣަރަގުވި ސަރަހައްދުން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯޖް ވޮޝިންގްޓަންގެ އާއިލީ ނަސަބުގެ ގޮތުން ތާރީހުގެ ތެރެއަށް ވަދެގެންދާ އެއްޗެހިވެސް ހުއްޓެވެ.

މަނަވަރުން ފެނުނު ބައެއް ސަމާނުގެ ތެރޭގައި، ނިޔަމި ކަމުގެ އަލާތްތަކާއި، ޒާތީ ގުޅުންހުރި ތަކެއްޗާއި އަންނައުނު ފަދަ ތަކެތި ހިމެނެއެވެ.

ޕްރޮފެސާ އޮފް ރެނޮސާންސް ސްޓަޑީޒް، ކްލެއާ ޖޮވިޓް ވިދާޅުވި ގޮތުގައި، މަނަވަރު ޣަރަގު ވަމުން ދިޔަލެއް އަވަސް ކަމުން، މުދާ ސަލާމަތް ކުރުމަށް އެއްވެސް މީހަކަށް ފުރުސަތު ނުލިބޭނެ ކަމަށެވެ.

ލިންކަން ބާންވެލް އަމާޒު ކަނޑައަޅައިގެން ހުރީ "ދަ ގްލޮސްޓާ"ގެ އިތުރު ހޯދުންތައް ހޯދާށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ރަނުން ޖަރީކޮށްފައި ވާ މަނަވަރުގެ ހުންގާނު ވަނީ، ކަނޑުގެ ސަތަހާގައި އުފެދިފައިވާ ވެލީގެ ފަރުބަދައިގެ ތެރޭގައި ވަޅުޖެހިފައެވެ.

"ދަ ގްލޮސްޓާ" ޣަރަގުވި ހާދިސާގައި 130 އާއި 250 އާ ދެމެދު އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިފައިވުން އެކަށީގެން ވާ ކަމަށް، ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގެ ދިރާސީ ބައިވެރިން ވަނީ ލަފާ ކުރައްވާފައެވެ.

"ދަ ގްލޮސްޓާ" މަނަވަރު ހޯދުމުގައި ހަރަކާތްތެރިވި ޖޫލިއަން ބާންވެލް ބުނާ ގޮތުގައި ނިޔަމި ކަމުގެ ތާރީހަކީ، އަޅާ ނުލާ ދޫކޮށްލެވިފައި އޮންނަ ތަރިކައެކެވެ. އިންސާނެއްގެ ހަށިގަނޑާ އަޅާ ކިޔަނީނަމަ، އަދި މިހާތަނަށް ދިރާސާ ކުރެވިފައި ވަނީ މީހެއްގެ އަތުގެ ކުޑަވައި އިނގިލިހާ މިންވަރުގެ ތަރިކަ ކަމަށާ، ހަށިގަނޑުގެ ބާކީ ބައި އަދި އޮތީ ކަމަށް ޖޫލިއަން ބާންވެލް ވަނީ ސިފަ ކޮށްފައެވެ.

ދަ ގްލޮސްޓާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
25 ޖެނުއަރީ 2017

އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް

25 ޖެނުއަރީ 2017
އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް