Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަން

މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ހާލުގައި ޖެހެމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 ޖޫން 2022 | ހުކުރު 13:01
ދެކުނު އެފްރިކާގައި ފެން ބޮޑުވެފައި

ދެކުނު އެފްރިކާގައި ފެން ބޮޑުވެފައި

މިހާރު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެންމެ ގިނައިން ދައްކާ އެއް ވާހަކައަށް މޫސުމީ ބަދަލުތަކުގެ ވާހަކަ ވާނެއެވެ. އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އައިސް، މޫސުމަށް ބޮޑު ބަދަލެއް މިވަނީ އަންނަން ފަށާފައެވެ. މިއީ އެތައް އަހަރެއްގެ ބަދަލުތަކެއް ނަމަވެސް މިކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔެއިން ފެންނަން ފަށައި، ،މިކަން ގައުމުތަކުގެ ސަމާލުކަމަށް އަންނަން ފަށާފައިމިވަނީ ދާދި ފަހަކުންނެވެ.

އިންސާނުން ދުނިޔޭގައި އާބާދުވީއްސުރެ، އިންސާނުންގެ އަމަލުތަކުގެ ނޭދެވޭ އަސަރު ދުނިޔެއަށް ވަނީ ކުރަން ފަށާފައެވެ. ދުވަހެއް ދުވަދުވަހަކަށް ދުނިޔެއަށް އަންނަ ތަރައްގީގެ ސަބަބުން އަހަރުމެންނަށް އެތައް ފަސޭހައެއް ވީނަމަވެސް އެއިން ދުނިޔެއަށް ތުރާލާ އުނދަގޫވެސް ވެގެންދެއެވެ. އިންސާނުންގެ އަމަލުތަކުގެ ނެދެވޭ އަސަރު ދުނިޔެއިން މިއަދު ފެންނަމުންދާއިރު، ގައުމުތަކަށް އަންނަ އެކި މޫސުންތައް ދިގު މުއްދަތަކަށް ދެމިގެންދިއުމާއި، އެކި މޫސުންތަކުގައި އާދަޔާ ޚިލާފު ކަންކަން ފެނުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަކީ މޫސުމަށް އައިސްފައިވާ ބަދަލުތައް މިއީ އަހަރުމެންގެ ލޯ ކުރިމައްޗަށް ފެނިގެންދާ ކަންކަމެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނިކުތް ނުރަނގަޅު ނަތީޖާގެ އަސަރު މިއަދު އަހަރުމެންނަށް ތަހައްމަލުކުރަންޖެހިފައިވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ފެން ބޮޑުވުމާއި، ފިނި މޫސުން ދިގުލައިގެން ދިއުމާއި، ބޯ ޖަންގަލިތަކުގައި ހުޅު ހިފުން ފަދަ ކަންކަމަކީ މިހާރު އަބަދުވެސް އިވޭ ވާހަކަތަކެވެ. ރާއްޖެއަށް ބަލާލާއިރު އުދަ އެރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. މޫސުމީ ބަދަލުތަކުގެ ވާހަކަތައް އަބަދު ދެއްކިޔަސް، މީގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރުގެ ވާހަކައަކީ ވަރަށް މަދުން ދެކެވޭ ވާހަކަތަކެކެވެ. ވަކިން ޚާއްސަކޮށް އިންސާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުގެ ވާހަކަ ދައްކަނީ މަދު ބައެކެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ އެކިވަރުގެ އަސަރު ގައުމުތަކަށް ކުރަމުންދާއިރު، ދާދި ފަހުން ދެކުނު އެފްރިކާގައި ވަނީ އާދަޔާ ޚިލާފަށް ފެން ބޮޑުވެފައެވެ. ކޮންމެ އަހަރަކުވެސް އެ ސަރަހައްދުގައި ފެން ބޮޑުވެއެވެ. އެހެންނަމަވެސް މިފަހަރު އެ ސަރަހައްދަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. ފެން ބޮޑުވެ، އެތައް ބަޔަކު މަރުވެފައިވާއިރު، 6،000 އަށްވުރެ ގިނަ މީހުންނަށް އެމީހުންގެ ގެދޮރުން ނިކުންނަށް ވަނީ ޖެހިފައެވެ. ހާދިސާގެ އަސަރުކޮށްފައިވާ ގިނަ މީހުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ދެކުނު އެފްރިކާގައި މިދިޔަ ދުވަސްތަކުގައި ހިނގައިދިޔަ ކަންތައްތަކުގެ ބިރުވެރިކަން އަހަރުމެންގެ ޚިޔާލަށް ނުގެނެވިދާނެއެވެ. އެހެންނަމަވެސް އެ ގައުމުން ރޮއިޓަރސްއާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި، އޭނާ ނިދަން ލޯ މަރާލިޔަސް އަދިވެސް އިވެނީ އޭނާގެ އަވައްޓެރިޔާއާއި އޭނާގެ ދެ ކުދިން، އެ ބޮޑު ފެންގަނޑުތެރެއިން އޮޔާ ގެންދާތީ ހަޅޭލަވާ އަޑެވެ. މިއީ އެންމެ މީހެއްގެ ހާލަތެވެ. މި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ ގިނަ ބަޔަކު ކޮމިއުނިޓީ ހޯލެއްގައި ދިރިއުޅެމުންދާއިރު އެތަނުގައި ތިބި ގިނަ މީހުން އަދިވެސް ތިބީ އެމީހުންނަށް ފެނުނު މަންޒަރުތަކުންނާއި، އިވުނު އަޑުތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައެވެ. އެމީހުން ތިބީ "ޓްރޮމަޓައިޒް" ވެފަ ނުވަތަ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައޭވެސް ބުނެވިދާނެއެވެ.

އެމީހުންގެ ހުރިހާ އެއްޗެއް ވަނީ ގެއްލިފައެވެ. އަނެއްކާ އަލުން ދިރިއުޅުން ފަށަންޖެހޭ ހާލަތަށް ގޮސްފައެވެ. ގޮތް ހުސްވެފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑުވަމުންނެވެ. ހަމައެކަނި ދެކުނު އެފްރިކާގައެއް ނޫނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މިފަދަ ކޮންމެ ކަމަކާއެކު އިންސާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އެހެންކަމުން މިއަދު ކުރެވެން އޮތްހާވެސް ކަމަކީ މިކަމުން ކުރާ އަސަރު ކުޑަކުރަން މަސައްކަތްކުރުމެވެ. ގައުމުތަކުން ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ މިއަދު ކުރެވިދާނެ ކަމެކެވެ. ހުރިހާ ގައުމުތަކުން ގުޅިގެން ދުނިޔެ ސަލާމަތްކުރަން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ.

ކްލައިމެޓް ޗޭންޖްސައުތު އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު