Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓީ ދަފްތަރު

މެމްބަރުންގެ އަދަދަށް ބަލައި ޕާޓީތަކަށް ފައިސާ ދިނުމަށް އިސްލާހު ގެންނަން ޖެހޭ - ސަލީމް

7 ޖޫން 2022 | އަންގާރަ 05:13

ގަވާއިދާ ޚިލާފަށް މެމްބަރުން ޕާޓީއަށް ވެއްދުމުން އަމަލު ކުރަން އޮންނަ އުސޫލަށް 2014ވަނަ އަހަރުން ފެށިގެން އަމަލު ނުކުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޖޫން 2022 | އަންގާރަ 05:13
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

މެމްބަރުންނަށް ބަރޯސާވެގެން ޕާޓީތަކަށް ފައިސާ ދިނުމަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގް ހުށައަޅުއްވާފައިވާ، ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުމާ ގުޅޭ މައްސަލައަށް ވާހަކަދައްކަވަމުންނެވެ. އިލެކްޝަނަށް ހުށައެޅޭ ފޯމްގެ ތެރެއިން 50 އިންސައްތަ ފޯމް ރިޖެކްޓް ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ފިންގަރ ޕްރިންޓް ވެރިފައި ކުރާނެ ހަރުދަނާ ގޮތެއް އީސީގައި ނެތް ކަމަށާއި އެ ގާބިލްކަން އީސީގައި ނެތުމުން ދަފްތަރު ރަނގަޅަށް ނުބެލެހެއްޓޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ގަވާއިދާ ޚިލާފަށް މެމްބަރުން ޕާޓީއަށް ވެއްދުމުން އަމަލު ކުރަން އޮންނަ އުސޫލަށް 2014ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން ނުދާ ކަމަށެވެ.

ޕާޓީއަށް މީހުން އިތުރުކުރަނީ ޕާޓީ ރަޖިސްޓްރީ ކުރަން މެމްބަރުން ހަމަކުރުމަށާއި، 10،000 މީހުން ޕާޓިއަށް ހަމަކޮށް ދައުލަތުގެ މާލިއްޔާއިން ޕާޓީއަށް ފައިސާ ހޯދުމަށް ކަމަށެވެ. މި ފައިސާއާ މެދު ވިސްނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ފައިސާ ދެނީ، ޑިމޮކްރެސީ ވަރުގަދަކޮށް މަލްޓި ޕާޓީ ނިޒާމް ހަރުދަނާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ފައިސާ ލިބެނީ 4 ޕާޓީއަކަށް ކަމަށެވެ. އަނެއް 7 ޕާޓީއަށް ފައިސާ ނުލިބޭ ކަމަށެވެ.

ސަލީމް ވިދާޅުވީ، ދައުލަތުގެ މާލިއްޔާއިން ޕާޓީތަކަށް ފައިސާ ނުދޭ މަލްޓި ޕާޓީ ޑިމޮކްރެސީ އޮންނަ ގައުމުތައް އެބަހުރި ކަމަށެވެ. އެހެންކަމުން ކޮންމެހެން ފައިސާ ދޭން ޖެހޭ ނަމަވެސް މެމްބަރުންނަށް ބަރޯސާ ވެގެން ފައިސާ ދިނުމަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

ޕާޓީތަކަށް ދިނުމަށް 2022ވަނަ އަހަރުގެ ބަޖެޓްގައި 32.8 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. ސަލީމް ވިދާޅުވީ، ރާއްޖޭގައި ޕާޓީތަކުގައި އުޅެނީ ގާތްގަނޑަކަށް ދެލައްކައެއްހާ މީހުން ކަމަށެވެ. އެހެންކަމުން މުޅި ރައްޔިތުންގެ ބައިތުލްމާލުން ވަކި ބަޔަކަށް ފައިސާ ދޭން ޖެހެނީ ކީއްވެގެންތޯ ސަލީމް ސުވާލު އުފެއްދެވިއެވެ. ސަލީމް ވިދާޅުވީ އެއީ  އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ސަމީލް ވިދާޅުވީ، ގާނޫނަށް އިސްލާހު ކުރަންޖެހޭ ކަމަށެވެ. ޕާޓީގެ ދަފްތަރު ޕާޓީން ބެލެހެއްޓާ ގޮތަށް އޮންނަން ޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް