Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1443 ވަނަ އަހަރުގެ ހައްޖު

އާންމުންނަށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ދިޔުމަށް ނެގުނު ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށްފި

މިފައިސާ 09 ޖޫން ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހައްޖު ކޯޕަރޭޝަނަށް ދައްކާ ހަލާސްކުރުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 03:11
ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރުން

ގައިދުރުކަމުގައި ހައްޖުގެ އަޅުކަން އަދާކުރުން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އެއްބޭފުޅެއްގެ ކެޓެގަރީން ވަނީ 38 މީހަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ލިބިފައެވެ. އަދި ދެ ބޭފުޅުންގެ ކެޓަގަރީން 31 ފަރާތަކަށް ވަނީ ފުރުސަތު ލިބިފައެވެ. މީގެއިތުރުން ވެއިޓިންގ ކިއޫގައި ހިމެނޭ 25 ފަރާތްވެސް ވަނީ ގުރުއަތުން ނަގާފައެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އެވެ. މިފައިސާ 09 ޖޫން ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހައްޖު ކޯޕަރޭޝަނަށް ދައްކާ ހަލާސްކުރުމަށް ވަނީ އެދިފައެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުގެ ތެރެއިން ފަރާތެއް، އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ވެއިންޓިންގ ކިއޫގެ ގޮތުގައި ގުރުއަތުން ހޮވިފައިވާ ތަރުތީބުން ޖާގަ ދެވިގެންދާނެކަމަށް ކޯޕަރޭޝަނުން ބުނެއެވެ.

ކުންފުނީގެ ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކުންފުނިން ކަނޑަޅާފައިވާ އަގަކީ ކުރީ އަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގެވެ. އެއަގަކީ 69,965 (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ) ރުފިޔާ އެވެ.

ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް 453 ކޯޓާދީފައިވާއިރު މި ހުރިހާ ކޯޓާއެއް ސަރުކާރުން ވަނީ ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. މީގެ ތެރެއިން 353 ކޯޓާ ދޫކުރާނީ މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށެވެ. ބާކީ 100 ކޯޓާ އާންމުން ހުޅުވާލީއެވެ.

ހައްޖުހައްޖު ކޯޕަރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު