Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހައްޖު 1443

އިސްލާމީ 5 ގައުމަކަށް ސައޫދީ އަރަބިއްޔާއިން "މައްކާ ރޯޑް" ހުޅުވާލައިފި

މައްކާރޯޑްގައި ބައިވެރިކޮށްފައިވަނީ މުސްލިމުން އެންމެ ގިނަ ގައުމުތައް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 11:59
ހައްޖު 1443

ހައްޖު 1443

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށްޓަކައި އިސްލާމީ ފަސްގައުމަކަށް ޚާއްސަ ކޮށްގެން ސައޫދީ އަރަބިއްޔާއިން "މައްކާ ރޯޑް", ނުވަތަ މައްކާއަށް ދެވޭ މަގުގެ ނަމުގައި ކުރިއަށް ގެންދާ އެހީތެރިކަމުގެ ޚާއްސަ ޕްރޮގްރާމް މިއަހަރުވެސްފަށަފިއެވެ. 2019 ވަނަ އަހަރު މިކަން ފެށިފަހުން މިއީ މައްކާރޯޑްގެ ކަންތައްތައް ކުރިއަށްގެންދާ ހަތަރުވަނަ ފަހަރެވެ.

މައްކާ ރޯޑް އިނީޝިއޭޓިވްގެ ދަށުން، ސައޫދީގެ ކަމާބެހޭ އިދާރާތައް ގުޅިގެން 5 ގައުމަކުން ހައްޖަށްދާ ހައްޖާޖީންގެ ދަތުރުގެ ކަންތައް ފަސޭހަކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. މި 5 ގައުމަކީ ޕާކިސްތާން މެލޭޝިޔާ އިންޑޮނީޝިޔާ މޮރޯކޯ އަދި ބަންގްލަދޭޝްއެވެ.

މިހަރަކާތުގެ ދަށުން، މި 5 ގައުމުގެ ހައްޖާޖީންގެ ހުރިހާ ކަމެއް އެމީހުންގެ ގައުމާހަމައިން ފެށިގެން ސައޫދީ ސަރުކާރުން ބަލަމުން ގެންދާނެކަމަށްވެއެވެ. މިގޮތުން އޮންލައިންކޮން ވިސާ ދިނުމާއި ޕާސްޕޯޓްގެ މުއްދަތުހަމަވެފައިވޭތޯ ބެލުމާއި ވެކްސިންތަކާއި އެހެންވެސް ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުން ހިމެނެއެވެ. އެންމެ ޚާއްސަކަމެއްގެގޮތުގައި ހައްޖާޖީން ސައޫދީއަށް ދިއުމުން އެމީހުން ބަލައިދިއުމާއި ތިބެން ހަމަޖެހިފައިވާ ހޮޓަލަށް ގެންދިއުމުގެ ޚިދުމަށް ވެސް ދޭނެކަމަށްވެއެވެ. މިގޮތުން އެމީހުންގެ ފޮށިތަންމައްޗާއި އެހެންވެސް ލަގެޖަށް ޚާއްސަ ކޯޑް ތަކެއްދީ، ފޮށިތަންމަތި ހައްޖާޖީން ހޮޓަލަށް ދާންވާއިރަށް ހޮޓަލަށް ގެންގޮސްދޭނެކަމަށްވެއެވެ. ކުރިންދެންނެވުނު ފަސް ގައުމުގެ ހައްޖާޖީން ސައޫދީއަށް ދިއުމާއެކު، ވަކި ޚާއްސަ ބަސްތަކެއްގައި، މައްކާއާއި މަދީނާގައި އެމީހުން ތިބެން ހަމަޖެހިފައިވާ ހޮޓާތަކަށް ގެންދެވޭނެއެވެ. އަދި ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައިވެސް ޚާއްސަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެއެވެ.  

"މައްކާ ރޯޑް" ހަރަކާތް ކުރިޔަށް ގެންދަނީ ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ފޮރިންއެފެއަރޒް، ހެލްތު، ހައްޖު އެންޑް އުމްރާ އޮފީސް، ސިވިލް އެވިއޭޝަން، ޒަކާތު އޮފީސް، ކަސްޓަމްސް އޮތޯރިޓީ އަދި ސައޫދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖަންސް އޮތޯރިޓީ ގުޅިގެންނެވެ.   

ހައްޖުޙައްޖު 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު