Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުމުގެ މަސައްކަތް

ކުރިޔަށް އޮތް ބޯހިމެނުމުގެ މަސައްކަތަށް 4400 މީހުން ހޯދަނީ

19 ފެބުރުއަރީ 2022 | ހޮނިހިރު 01:12

ބޯހިމެނުމުގެ ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ހަފްތާގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ފެބުރުއަރީ 2022 | ހޮނިހިރު 01:12
ބޯހިމެނުމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސުވާލުކަރުދާސްތައް ޓެސްޓުކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ބޯހިމެނުމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސުވާލުކަރުދާސްތައް ޓެސްޓުކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

2022 ވަނަ އަހަރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތްކުރުމަށް މުޅިރާއްޖޭގައި ހަރަކާތްތެރިވުމަށް ބޭނުންވާ 4400 އެއްހާ މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން 2022 ވަނައަހަރުގެ ސެޕްޓެންބަރު 13 އިން 14 އަށް އަދި 17 އިން 25 އަށް މުޅި ރާއްޖޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. 

Advertisement - newsAdvertisement

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުމުގެ ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ހަފްތާގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ރަށްރަށުގައި މިތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުވާ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިއެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމައެވެ.

މިކަމަށް ޗައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުއްވުމަށް މިހާރު ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚަކީ 31 މެއި އެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީ އަކީ 402،071 އެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "އަހަރެންގެ ބޯހިމެނުން" މިއެވެ.

ބޯހިމެނުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
03 ނޮވެމްބަރު 2022

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި

03 ނޮވެމްބަރު 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
04 ޖޫން 2022

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް

04 ޖޫން 2022
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް