Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ

އެމެރިކާއިން ޔޫކްރެއިނަށް އިތުރު 700 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ

އެމެރިކާއިން ވަނީ 4 ހައި މޮބިލިޓީ އަރޓިލެރީ ރޮކެޓް ސިސްޓަމް ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 12:20
ޔޫކްރެއިނަށް އިތުރު އެހީފޯރުކޮށް ދިނުމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސުން 700 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ރައީސް ބައިޑަން ވަނީ ނިންމަވާފައި

ޔޫކްރެއިނަށް އިތުރު އެހީފޯރުކޮށް ދިނުމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސުން 700 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ރައީސް ބައިޑަން ވަނީ ނިންމަވާފައި

ޔޫކްރެއިން-ރަޝިއާ ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން އެގައުމަށް އިތުރު 700 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން, ޕެންޓަގަންގެ އެންމެ އިސް ޕޮލިސީ އެޑްވައިޒަރ ކޮލިން ކާލް ވަނީ، އެމެރިކާއިން ޔޫކްރެއިނަށް އިތުރު އެހީފޯރުކޮށް ދިނުމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ސާމާނުން 700 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ރައީސް ޖޯ ބައިޑަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. މި އެހީގެ ޕެކޭޖަކީ ޔޫކްރެއިނަށް އެންމެ ބޭނުންވާ ކަންތައްތަކާއި ސާމާނަށް އިސްކަންދީގެން ތައްޔާރުކޮށްފައިވާ ޕެކޭޖެއްކަން ކާލް ފާހަގަކުރެއްވިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިޕާޓްމެންޓް އޮފް ޑިފެންސް މެދުވެރިކޮށް ޔޫކްރެއިނަށް އެހީފޯރުކޮށްދޭ 11 ވަނަ ފަހަރެވެ.

މިއެހީގެ ޕެކޭޖްގެ ދަށުން އެމެރިކާއިން ވަނީ ޔޫކްރެއިނަށް 4 ހައި މޮބިލިޓީ އަރޓިލެރީ ރޮކެޓް ސިސްޓަމް ފޯރުކޮށްދޭން ނިންމާފައެވެ. ބުދަ ދުވަހު ޕެންޓަގަންއިން މިކަން ހާމަކޮށްފައިވާއިރު، ރޮކެޓް ސިސްޓަމްތައް ބޭނުންކުރުމުގެ ކުރިން 3 ހަފުތާގެ ތަމްރީނުވެސް ބޭނުންވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މި ހަތަރު ރޮކެޓް ސިސްޓަމްވެސް މިވަގުތު ހުރީ ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް، ޔޫރަޕުގައެވެ.

ކާލް ވަނީ ޔޫކްރެއިނުން މި ސިސްޓަމްތައް ރަޝިއާއަށް ހަަމަލާދިނުމަށް ބޭނުންނުކުރާނެކަމުގެ ޔަގީންކަން އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

މިރޮކެޓް ސިސްޓަމްތަކުގެ އިތުރުން ފަސް ކައުންޓަރ-އަޓިލެރީ ރާޑަރާއި ދެ އެއަރ ސަވައިލަންސް ރާޑަރާއި 1،000 ޖެވެލިން މިސައިލާއި 50 ކޮމާންޑް-ލައުންޗް ޔުނިޓްގެ އިތުރުން އެމްއައި-17 މަރުކާގެ ހަތަރު ހެލިކޮޕްޓަރު ހިމެނެއެވެ. މީގެ އިތުރުން ބާރުގަދަ ބޮޑުބަޑިއާއި ތަފާތު ވައްތަރުގެ ވަޒަންވެސް މިޕެކޭޖްގައި ހިމެނެއެވެ.

މިކަމާ ގުޅިގެން ރަޝިއާއިން ނުރުހުން ފާޅުކޮށް، ހަނގުރާމަ އިތުރަށް ފުޅާކުރުމަށް އެމެރިކާއިން އެހީވެދޭ ކަމަށް ރަޝިއާ ބުނެފައިވާއިރު، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ބަސް ބުނުމުގެ ބާރު ރަޝިއާއަށް ނެތްކަމަށް ކާލް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެން ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިހަނގުރާމަ ފެށީ ރަޝިއާއިން ކަމަށާއި، މިއީ ޔޫކްރެއިނުން ފަށައިގެން އުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރަޝިއާއިން ބޭނުން ކޮންމެ އިރެއްގައިވެސް ހަތިޔާރު ބަހައްޓާފައި ހަނގުރާމަ ހުއްޓާލުމުގެ ބާރު އެގައުމަށް އެބައޮތްކަމަށް ކާލް ވިދާޅުވިއެވެ. އަދި ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު ރަޝިއާއަށް އޮތް ނަމަ އެގައުމުން ހަނގުރާމަ ހުއްޓާލަންވީ ކަމަށްވެސް ކާލް ވިދާޅުވިއެވެ. ކާލް ވަނީ އެމެރިކާއިން ރަޝިއާއެކު ސީދާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާކަމަށްވެސް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީއެގައުމަށް ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާދޭން ނޫޅޭކަމަށާއި، ރަޝިޔާއާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޝިއާއަށް އަރައި އެގައުމުގައި ޔޫކްރެއިނުން ހަނގުރާމަ ނުކުރާނެކަމަށާއި، އެގައުމުން ބޭނުންވަނީ ރަޝިއާއިން އެގައުމަށް އަރައި ދެމުންދާ ހަމަލާތަކުން ދިފާއުވުމުގެ ބާރުކަމަށް ވިދާޅުވެފައެވެ.

މިއީ ރަޝިއާއިން ފަށައިގެން އުޅޭ ހަނގުރާމައެއްކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ، ޔޫކްރެއިނުން ބޭނުން ވަނީ ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އަލުން އަނބުރާ ހޯދަންކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށިތާ މިހާރު މިވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

ޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު