Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭންޑް ޔޫސް ޕްލޭން

ލޭންޑް ޔޫސް ޕްލޭން ފާސްވުމުގެ ކުރިންވެސް މުހިންމު މަޝްރޫއުތަކަށް ބިން ބޭނުން ކުރެވޭނެ ގޮތަކަށް ގާނޫނު އިސްލާހު ކުރަން ޖެހޭ

31 މެއި 2022 | އަންގާރަ 11:43

ލޭންޑް ޔޫސް ޕްލޭން ހެދުމަށް މިހާރު ހުށައަޅާފައިވަނީ 54 ރަށުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2022 | އަންގާރަ 11:43
އަހުމަދު ސަލީމް / ހޯރަފުށި ދާއިރާ

އަހުމަދު ސަލީމް / ހޯރަފުށި ދާއިރާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނަށް މިހާރު ހުށައެޅިފައިވާ އިސްލާހުގެ ބަދަލުގައި، ޕްލޭން ހުށައެޅުމަށްފަހު ފާސްވުމާ ހަމައަށް މުހިންމު މަޝްރޫއުތަކަށް، ޕްލޭނާ ފުށުނާރާ ގޮތަށް ބިން ބޭނުން ކުރެވޭނެ ގޮތުގެ އިސްލާހެއް ގާނޫނަށް ގެންނަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް ވިދާޅުވީ، އެގޮތަށް އިސްލާހު ގެނެވިއްޖެނަމަ ޕްލޭން ފާސްވުމާ ހަމައަށްވެސް ކައުންސިލްތަކަށް އަތް އުރާލައިގެން ތިބެން ނުޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

މިންގަނޑުތަކާ އުސޫލްތަކާ ޚިލާފަށް ކަންކަން ސާފުކޮށް ފެންނަން އޮތް ކަމެއްގައި ޕްލޭން ފާސްވުމުން ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ފުރުސަތު ދެވުނީކަމަށް ބެލެވެން ނެތްކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ހުށައެޅިފައިވާ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ލޭންޑް ޔޫސް ޕްލޭން ހުށައަޅާތާ 60 ދުވަހުގެތެރޭގައި ގައުމީ އިދާރާއިން އެ ޕްލޭން ފާސް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފާސް ނުކޮށްފިނަމަ އެ ޕްލޭނެއް އޮޓޮމެޓިކުން ފާސްވާނެ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވަނީ، ޕްލޭން ހުށައަޅާތާ 3 މަސްދުވަހުގެ ތެރޭގައި ފާސްކުރަން ޖެހޭ ކަމަށެވެ.

މި އިސްލާހުގެ ހުށައެޅުމުގެ މަގްސަދަކީ، އަތޮޅުތެރޭގައި ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ފަސޭހަ ކޮށްދިނުމާއި، ލޭންޑްޔޫސް ޕްލޭން ނުހެދުމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތައް ފެށުމަށް ލަސްވުމުން ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމެވެ.

ސަލީމް ވިދާޅުވީ، ހުށައަޅާފައިވާ އިސްލާހުން މަގްސަދު ހާސިލް ވާން ޖެހޭއިރު އެ މަގްސަދު ހާސިލް ނުވާ ކަމަށެވެ.

ތަފާސްހިސާބުތަކާއެކު ވާހަކަ ކުރިއަށް ގެންދަވަމުން ސަލީމް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހެދުމަށް މިހާރު ހުށައަޅާފައިވަނީ 54 ރަށުން ކަމަށާއި، އޭގެތެރެއިން ފާސްވެފައިވަނީ 8 ޕްލޭން ކަމަށެވެ. އަދި 26 ޕްލޭން އަލުން އިސްލާހު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. 20 ޕްލޭން އެސެސް ކުރެވެނުންދާ ކަމަށާ 128 ރަށުން އެއްވެސް ޕްލޭނެއް ހުށައަޅާފައި ނުވާކަމަށްވިދާލުވިއެވެ. ސަލީމް ވިދާޅުވީ ކިތަންމެ މުއްދަތު ކުރުވިނަމަވެސް މި ހިސާބު ތަކަށް ބަލާލުމުން އެނގޭ ކަމަކީ މި އިސްލާހުން އެ 128 ރަށަށް ކުރާނެ ފައިދާއެއް ނެތް ކަމެވެ.

މެމްބަރު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ނުހެދުމުގެ ސަބަބުތަކުގެ ތެރޭގައި ލިބިފައިވާ ބަޖެޓް ކުޑަވުމާއި، ކޮންސަލްޓެންޓުން ނުލިބުމާއި، ލޭންޑް ޔޫސް ޕްލޭން މަޝްވަރާގައި ކައުންސިލަރުންގެ ޚިޔާ ތަފާތުވުން ހިމެނޭ ކަމަށެވެ. އަދި ކައުންސިލްއާއި ރަށުގެ އެކި ފަރާތްތަކާ ޚިިޔާލުތަފާތުވުން ބޮޑުވުން ކަމަށާއި، ލޭންޑް ޔޫސް ޕްލޭން ހެދުމަށް މިހާރު ގާނޫނުގައި ބުނާ ބައެއް ވާހަކަތަކަކީ އެކަމަށް ވަރަށް ގިނަ ވަގުތު ނަގާ ކަންކަން ކަމުގައެވެ. މިސާލު ޖައްސަވަމުން މެމްބަރު ސަލީމް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭންގައި ރުއްގަސް ގުނުމަށް އޮންނަ ކަމަށާއި، އެކަމަކީ ވަގުތުތަކެއް ނަގާ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ސަރަހައްދުތައް ފާހަގަ ކުރުމަށް އޮންނަ ނަމަ މަސައްކަތް ހަލުވި ވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޕްލޭން ލަސްވުމަށް ދިމާވާ ސަބަބުތަކަށް މި އިސްލާހުން ހައްލު ނުލިބޭކަމަށް ވިދާޅުވިއެވެ.

ޕްލޭން ހުށައަޅާ ފާސް ނުވެގެން އުޅޭ މައްސަލައަކީ ސީރއަސް މައްސަލައެއް ކަމަށާއި، ޕްލޭން ހުށައަޅާ ފާސް ނުވި ނަމަވެސް ކްރިޓިކަލް އިންފްރާސްޓަރަކްޗަރ ކުރިއަށް ގެންދިއުމަށް ބިން ކަނޑައަޅައި ހުއްދަ ދެވޭ ކަމަށެވެ. އެހެންނަމަވެސް އެ ދަރަޖައިގައި ނުހިމެނޭ ގޯތި ދިނުން ފަދަ ކަންކަން ލަސްވުމަކީވެސް ސީރިއަށް މައްސަލައެއް ކަމަށް ސަލީމް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްއެލްޖީއޭ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް