Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓުގެ ބެކްލޮގް

އޯޓީގެ އިތުރުން އެލަވަންސްއަކާއެކު، ކްރިމިނަލް ކޯޓުގެ މަސައްކަތު ގަޑި ހަވީރު 5:00ށް

މިހާރު ހުރި ވަސީލަތްތަކާއެކު މަސައްކަތް ކުރާނަމަ، ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް 16 އަހަރު ނަގާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މެއި 2022 | އާދީއްތަ 07:13
ކްރިމިނަލް ކޯޓް- ކޯޓަށް އެވްރެޖްކޮށް 900 މައްސަލަ ހުށައެޅޭ

ކްރިމިނަލް ކޯޓް- ކޯޓަށް އެވްރެޖްކޮށް 900 މައްސަލަ ހުށައެޅޭ

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމައި، އެ ކޯޓުގެ "ބެކްލޮގް" ސާފުކުރުމަށްޓަކައި ކޯޓުގެ މަސައްކަތު ގަޑި އިތުރުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، މިހާރު މަސައްކަތް ކުރާ ރަސްމީ ގަޑީގެ އިތުރުން، މެންދުރު ފަހު 14:00ން ހަވީރު 05:00ށް މައްސަލަތައް ތާވަލު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 1 ޖޫންއިން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ބަދަލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައިވެސް އެކަންކަމާއި ގުޅިގެން މަޝްވަރާ ކުރެވިފައިވާ ބަދަލެކެވެ. އެގޮތުން 16 ފެބްރުއަރީ ގައި ބޭއްވުނު ޖުޑީޝަރީ ކޮމިޓީގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.

މިހާރު ހުރި ވަސީލަތްތަކާއެކު މަސައްކަތް ކުރާނަމަ، ކޯޓުގެ ބެކްލޮގް ސާފު ކުރުމަށް 16 އަހަރު ނަގާނެ ކަމަށާއި، ވުމާއެކު އެހެން ވިސްނުމަކަށް ދާން ޖެހޭކަމަށް އެ ދުވަހު ޖޭއެސްސީން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރު ފެށިގެން ދިޔައިރު ކޯޓުގެ ބެކްލޮގްގައި 2022 މައްސަލަ އޮތެވެ. އަހަރަކު އެ ކޯޓަށް އެވްރެޖްކޮށް 900 މައްސަލަ ހުށައެޅޭއިރު، ބެކްލޮގާއެކު ކޯޓުން ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކޮވިޑުގެ ޙާލަތާއި ގުޅިގެންވެސް އެ މަސައްކަތްތަކަށް މަޑުޖެހުމެއް އައިސްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ތަސައްވުރަކީ ކޯޓަށް ހުށައެޅޭ ހިސާބުން 6 މަސް ދުވަހުގެ ތެރޭގައި މައްސަލަތައް ނިންމާލުމެވެ. އެވްރެޖްކޮށް މައްސަލައެއް ނިންމަން 10 އަޑުއެހުން ބޭނުންވާއިރު، އެކަންކަން ޙާސިލު ކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް އޭރު ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކޮށް ކޮމިޓީއަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި މަސައްކަތުގެ ގަޑި 05:00ށް އިތުރު ކުރުންވެސް ހިމެނިފައިވެއެވެ.

އޭގެ އިތުރުން،  ކްރިމިނަލް ކޯޓަށް 10 ޕެރަ ލީގަލް އޮފިސަރުން ނެގުމަށްވެސް ހުށައެޅިއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ޕެރަ ލީގަލް އޮފިސަރުންތަކެއްވެސް ވަނީ ކޯޓުގެ މަސައްކަތާ ގުޅިފައެވެ.

ބެކްލޮގް ސާފު ކުރަން މަސައްކަތްކުރާ ގަޑީގައި (2-5) ކޯޓާއި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އޯޓީގެ އިތުރުން އެލަވަންސެއް ދިނުމަށްވެސް އޭރު ހުށައެޅިއެވެ. ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޖޭއެސްސީން ބުނީ، އިތުރު ގަޑީގެ އިތުރުން އެލަވަންސްވެސް ދޭނެ ކަމަށެވެ. އެގޮތުން އެލަވަންސް ދެނީ ހަމައެކަނި ކޯޓުގެ މުވައްޒަފުންނަށް ކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

ބެކްލޮގް އެލަވަންސްއެއް ދިނުމަށް ވިސްނާއިރު، ދައުލަތުން އިތުރަށް ކުރަންޖެހޭ ޚަރަދަކީ އަހަރެއްގެ މައްޗަށް 3.3 މިލިއަން ރުފިޔާ ކަމަށް ޖޭއެސްސީން ބުނެއެވެ. ނަމަވެސް މި ބަދަލުތަކާއެކުވެސް  ސާފުވެއްޖެނަމަ ކޯޓުގެ ގާޒީއަކަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ބައްލަވަން ޖެހިވަޑައިގަންނަވާނީ ގިނަވެގެން 80 މައްސަލަކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓްޖުޑީޝަލް ސަރވިސް ކޮމިޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު