Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކޯޗަކަށް އަންޗެލޯޓީ

29 މެއި 2022 | އާދީއްތަ 02:35

އަންޗެލޯޓީ ވަނީ ކޯޗެއްގެ ގޮތުގައި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 މެއި 2022 | އާދީއްތަ 02:35
ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު

ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު

ނިމިގެންދިޔަ 2021/22 ސީޒަނަކީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޯޓީއަށް ޚާއްސަ ސީޒަނެކެވެ. މި ސީޒަންގައި އޭނާ ވަނީ ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. ސްޕެނިޝް ލީގު ރެއާލްއަށް ކާމިޔާބުކޮށްދިނެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ލިވަޕޫލް ބަލިކޮށް އޭނާ ވަނީ ރެއާލްއަށް ޗެމްޕިއަންސް ލީގުވެސް ހޯދައިދީފައެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއެކު އަންޗެލޯޓީ ފާހަގަ ކުރެވިފައި ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައެވެ. އަންޗެލޯޓީ ވަނީ ކޯޗެއްގެ ގޮތުގައި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އެއީ ރެއާލް މެޑްރިޑުގައި ދެފަހަރު އަދި އޭސީ މިލާންއާއެކު ދެ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްގެންނެވެ. މީގެ އިތުރުން ކުޅުންތެރިއެއްގެ ގޮތުގައިވެސް އަންޗެލޯޓީ ވަނީ އޭސީ މިލާނާއެކު މިތަށި ދެ ފަހަރު އުފުލާލާފައެވެ.

އަންޗެލޯޓީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކުރިއިރު، އޭނާއާ އެންމެ ގާތްކުރާ އަދަދަކަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ވަނީ ޒިދާންއާ ބޮބް ޕެއިސްލީއެވެ. މި ދެކޯޗުންވެސް މުބާރާތް ތިން ފަހަރު ކާމިޔާބުކުރިއެވެ.

އަންޗެލޯޓީއަށް މި ސީޒަން ޚާއްސަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. މި ސީޒަންގެ ސްޕެނިޝް ލީގު ރެއާލްއަށް ކާމިޔާބު ކޮށްދީގެން އޭނާ ވަނީ ޔޫރަޕުގެ ގަދަ ފަސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ޝަރަފު ލިބިގަނެފައެވެ. އަންޗެލޯޓީ ވަނީ ލަލީގާގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގު، ބުންޑެސްލީގާ، ފްރާންސް ލީގު އަދި އިޓާލިއަން ލީގުވެސް ކާމިޔާބުކޮށްފައެވެ.

އަންޗެލޯޓީ އިޓާލިއަން ލީގު ކާމިޔާބު ކުރީ އޭސީ މިލާންއާއިއެކުއެވެ. ޗެލްސީއާއެކު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރިއިރު، ބުންޑެސްލީގާ ނެގީ ބަޔާން މިއުނިކްއާއިއެކުގައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއަށް ފްރާންސް ލީގު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އަންޗެލޯޓީ ވަނީ ތިން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

މީގެ ކުރިންވެސް ރެއާލްއަށް ކޯޗުކޮށްދިން އަންޗެލޯޓީ އެނބުރި އެޓީމާއި ގުޅުނީ މިސީޒަނަށެވެ. އޭނާއަކީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ކޯޗެކެވެ. އަންޗެލޯޓީއަކީ ރެއާލްގެ ތާރީޚުގައިވެސް ޓީމް މޮޅުކޮށްދިނުމުގެ ޕަސެންޓޭޖު އެންމެ މަތީ ކޯޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް