Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން

އަންހެނަކަށްވީތީ ވަކިކަހަލަ މަސައްކަތްތަކެއް ހަވާލުކޮށް އެކަހެރިކުރުމަށް މަސައްކަތްކުރޭ - ޖީހާން

ޑަބްލިއުޑީސީއަށް ވަކި ކަހަލަ މަސައްކަތްތަކެއް ހަވާލުކުރާ ވާހަކައަކީ ވަރަށް ބައު ވާހަކައެއް އެކަން އަދިވެސް ބަދަލު ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މެއި 2022 | ހޮނިހިރު 17:21
ޕްރެކްޓިސް ޕާރލިމެންޓް ފޯރ ވިމެން ނިންމުމުގެ ރަސްމިއްޔާތުގައި މެމްބަރު ޖީހާން ވާހަކަދައްކަވަނީ

ޕްރެކްޓިސް ޕާރލިމެންޓް ފޯރ ވިމެން ނިންމުމުގެ ރަސްމިއްޔާތުގައި މެމްބަރު ޖީހާން ވާހަކަދައްކަވަނީ

އަންހެނަކަށްވީތީ ވަކިކަހަލަ މަސައްކަތްތަކެއް ހަވާލުކޮށް އެކަހެރިކުރުމަށް މަސައްކަތްކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވީ، "ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުންނެވެ. ޖީހާން ވިދާޅުވީ، ސިޔާސީ މައިދާނުގައި ތައްޔާރުވެފައި ނުވާ ވަރަށް ގިނަ ކަންތަކާ އަންހެނަކަށްވީތީ ކުރިމަތިލާން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް ކަހަލަ ނިންމުންތައް ނިންމާ ހިސާބުގައި މަސައްކަތްކުރާއިރު ގިނަ ގޮންޖެހުންތައް ދިމާވާނެ ކަމަށާއި، އަންހެނަކަށް ވީތީ ކުރެވޭނީ ވަކި ކަހަލަ ކަންތައް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ކަމަށެވެ. މިސާލު ޖައްސަވަމުން ޖީހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރާއިރު އެކަން އަންހެނުންނަށް ވެދާނެ ކަމަށް ގިނަ މީހުން ގަބޫލު ނުކުރާ ކަމަށެވެ. މީގެ ސަބަބުން އެ ނިގުޅައިގަނެވެނީ ވަރަށް މުހިންމު ހައްގެއް ކަމަށް ޖީހާން ވިދާޅުވިއެވެ. އެހެންކަމުން ބަޖެޓްގެ ހިސާބު ޖަހައި، އޭގެ ހަގީގީ މާނަ ދެނެގަތުމަށް މިހާރުއްސުރެ މަސައްކަތް ކުރުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ޖީހާން ވިދާޅުވީ، ބަޖެޓްގައިވާ ކޮންމެ ނަމްބަރަކީ، އޭގެއިން ވަރަށް ގިނަ ވާހަކަތައް ދޭހަކޮށްދޭ ނަމްބަރުތަކެއް ކަމަށެވެ.

ޑަބްލިއުޑީސީއަށް ވަކި ކަހަލަ މަސައްކަތްތަކެއް ހަވާލުކުރާ ވާހަކައަކީ ވަރަށް ބައު ވާހަކައެއް ކަމަށާއި، އެކަން އަދިވެސް ބަދަލު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޑަބްލިއުޑީސީއަކީ އެ ދާއިރާއެއްގެ އަންހެނުންގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ބައެއް ކަމަށްވީނަމަވެސް މިހާރުވެސް ޑަބްލިއުޑީސީގެ މެމްބަރުންނަށް ހަވާލު ކުރަނީ މެހުމާންދާރީގެ މަސައްކަތްކަމަށް ޖީހާން ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ، ވިސްނައިދީފައި އޮންނަނީވެސް އެހެން ކަމަށެވެ.

ޖީހާން ވިދާޅުވީ، މަޖިލީހާ ހިސާބުންވެސް މިފަދަ ބައެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަންހެން މަޖިލިސް މެމްބަރެއް ނަމަ ހުށައަޅަން ޖެހޭނީ، ސިއްޙަތާ ބެހޭ ބިލެއް ނުވަތަ އަންހެނުންގެ ހައްގުތަކާ ބެހޭ ބިލެއް ކަމަށް ވިސްނިފައި އޮންނަ ކަމަށެވެ. ފައިނޭންސް ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ހުރި ނަމަވެސް އަބަދުވެސް މަސައްކަތްކުރަނީ ވަކި ކަހަލަ މަސައްކަތެއް ހަވާލުކޮށްފައި އެކަހެރިކޮށްފައި ބޭތިއްބުމަށް ކަމަށް ޖީހާން ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ ފުރައްސާރައިގައި ބައެއް އަންހެނުންނަށް ބައިވެރިވެވޭ ތަން ފެންނަ ކަމަށާ އޭގެ ބަދަލުގަ އަންހެނަކު ވެއްޓެންދާ ވަގުތު އެމީހާ އަތުގައި ހިފައިގެން ކުރިއަށް ދިޔުމަށް ޖީހާން ގޮވާލެއްވިއެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" އަކީ ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމަށް ކުރިމަތިކުމަށް ބާރު އެޅުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެމްބަރު ޖީހާންއެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
14 ޖޫން 2017

މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

14 ޖޫން 2017
މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު