Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޯރލްޑް ބޭންކުން ރާއްޖެއަށް އެހީދިނުން

މަސައްކަތްތެރިންނަށް ޚާއްސަކޮށް، ވޯރލްޑް ބޭންކުން 24 މިލިއަން ޑޮލަރުގެ އެހީއެއް

ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް، ހުނަރުވެރި ދިވެހިން ހޯދުމުގައި، ވަޒީފާ ދޭ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 މެއި 2022 | ހޮނިހިރު 11:04
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނީ

މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނީ

މަސައްކަތްތެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް، އިންޝުއަރެންސާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ދިވެހި މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖް ރަނގަޅު ކުރުމަށާއި، ވަޒީފާ އަދާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް، 24 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވޯރލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެލި ކިތަންމެ ވަރުގަދަ ނަމަވެސް، ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް (2019 ވަނަ އަހަރު 5.3 ޕަސެންޓް) މަތިއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. އަދި އަންހެނުން ވަޒީފާތަކުގައި އުޅޭ ނިސްބަތް ވެސް ހުރީ ދަށުގައި، 46 ޕަސެންޓްގައެވެ. ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ހުނަރުވެރި ދިވެހިން ހޯދުމުގައި، (ރިސޯޓުތައް ހިންގާ ފަރާތްތައް ފަދަ) ވަޒީފާ ދޭ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިވަގުތު ފޯރުކޮށްދެވޭ އިޖުތިމާ ރައްކާތެރިކަމުގެ ހަމައެކަނި ވަސީލަތަކަކީ ޕެންޝަނެވެ. ދިވެހި ޒުވާނުން އަމިއްލަ މަސައްކަތްކުރުން އިޚުތިޔާރުކުރާ މިންވަރު އިތުރުވަމުން އަންނައިރު، އެފަދަ ޒުވާނުން ރިޓަޔަރކުރާ އުމުރަށް އެޅޭއިރު އެކަށީގެންވާ މިންވަރެއްގެ ފައިސާ ރައްކާކޮށް، އާމްދަނީއަށް އަތުވެދާނެ ހީނަރުކަމާ ކުރިމަތިލާނެ ގޮތްތައް ހޯދައިދިނުމަކީވެސް ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ.

Advertisement - newsAdvertisement

އަލަށް މި ފަށާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ޚިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެއެވެ. ނުރަސްމީ އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އިގުތިސާދީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތަކާއި ކާރިސާތައް ފަދަ ކަންކަމުގެ ހާލަތަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށް، އެފަދަ ހާލަތްތަކުގައި އެ ފަރާތްތަކަށް އެ ފައިސާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

މިހާރު ހުރި ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމްކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ޚާއްސަ ތަމްރީނުތަކާއި ކޯޗިންގ މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެއެވެ. އަންހެނުން އިގުތިސާދީގޮތުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް، ވަޒީފާ ހޯދާ އަންހެނުންނަށް ހިތްވަރު ދެވޭނެއެވެ.

'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. މި މަޝްރޫއަށް ޚަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 24 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯރލްޑް ބޭންކްގެ ގޮފި ކަމަށްވާ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)އިން ދޭ ހިލޭ އެހީގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު