Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލެ ހޮސްޕިޓަލް

ިވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މެދު ކަނޑާލައިފި

އެޗްޕީއޭ އާއި އައިޖީއެމްއެޗުން އަންނަނީ މަައްސަލަ ބަލަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 މެއި 2022 | ހުކުރު 15:59
މީގެ ކުރިންވެސް ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެފައިވޭ

މީގެ ކުރިންވެސް ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެފައިވޭ

ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

ވެކްސިން ޖެހުން މެދު ކަނޑާލާފައި މިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލަ ފެންމަތިވެފައިވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ކަމަށް ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުއްދަތު ހަމަވެފައިވާ ވެކްސިން ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލަ އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ބަލަމުން އަންނަ ކަމަށެވެ. މިކަމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އަޅައި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލަ ފެންމަތިވެފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓަކާއެކުގައެވެ. އުޝާމް އާންމުކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި އެ ވެކްސިންގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައެއް ފެންމަތިވެ، އެކަން ބަލާނެ ކަމަށް އޭރުވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު