Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއަށް ވިސްތާރާގެ ދަތުރުތައް ފެށުން

އިންޑިއާގެ ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ވިސްތާރާއިން ދަތުރުތައް ފެށީ ބުރާސްފަތި ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 26 މެއި 2022 | ބުރާސްފަތި 12:46
ވިސްތާރާ

ވިސްތާރާ

އިންޑިއާގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ ވިސްތާރާއިން ރާއްޖެއަށް ޑެއިލީ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް އެ އެއާލައިނުން ފެށީ ބުރާސްފަތި ދުވަހުއެވެ. މި ދަތުރުތައް ފެށުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެ އެއަރލައިނަށް މަރުހަބާކިޔާފައެވެ.

ވިސްތާރާއިން ދަތުރުކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދުއެވެ. އެގޮތުން ހަފުތާއަކުން 7 ދުވަހު ދަތުރުތައް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ އެއަރބަސް A320 މަރުކާގެ ބޯޓުތަކެވެ. އެއީ 160 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.

ވިސްތާރާ އެއާލައިނުން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތައް ކުރިއެވެ. ނަމަވެސް އޭރު ކުރަމުން އައީ ޗާޓަރު ދަތުރުތަކެވެ. މި ދަތުރުތައް މެދުކަނޑާލީ 25 މާޗު 2022ގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 86,358 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ 13.2 އިންސައްތައެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު އެ ގައުމުގެ އެއަރލައިންތަކުން ކުރާ ދަތުރުތައްވެސް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން، ވިސްތާރާގެ އިތުރުން އެއަރ އިންޑިއާއާއި ގޯ އެއަރއިން ވެސް ރާއްޖެއާ އިންޑިއާއާ ދެމެދު ދަތުރުތައްކުރެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު