Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނާއި ނަރުދަމާ ގާއިމްކުރުން

ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމުމާއެކު ރާއްޖެ ދެން ދާނީ ތަރައްޤީގެ އައު ފިޔަވައްސަކާ ދިމާލަށް: ރައީސް

އެމްޑަބްލިއުއެސްސީން 31 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްގެންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 މެއި 2022 | ބުރާސްފަތި 03:57
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމޭ ހިސާބުން ރާއްޖެ ދެން މިސްރާބު ޖަހާނީ ތަރައްޤީގެ މުޅިން އައު ފިޔަވައްސަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ 27 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބުދަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ހަނދުމަފު ނުނެތޭ ކަމަށެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ވައުދަކީ ރަށެއްގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި އެއް ހަމައެއްގައި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ ވައުދު ކަމުގައި ރައީސް ވިދާޅުވިއެވެ.

މިކަމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑަބްލިއުއެސްސީއިންވެސް މިވަގުތު 31 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. މަސައްކަތްކުރައްވަނީ މިހުރިހާ ރަށެއްގެ މަސައްކަތްވެސް ރިޔާސީ ދައުރު ނިމުމުގެ ކުރިން ނިންމެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތައް ނިމުން ވެގެންދާނީ ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަކުތަކެއް ގެނުވާނެ ކަމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުސަތު ލިބުމާއެކު، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އަންނާނެ ބަދަލުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ރާއްޖެ ދެން މިސްރާބު ޖަހާނީ ތަރައްޤީގެ މުޅިން އައު ފިޔަވައްސަކާ ދިމާލަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިއްހީ ކަންކަމަށާއި، ތައުލީމީ ދާއިރާގެ ތަރައްޤީއަށާއި، ލުއި ފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދުތައް ކުރަން އޭރުން ޖާގަ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ގާއިމްކުރުމަށް އެމްޑަބްލިއުއެސްސީން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާއިރު، މިއީ އެކުންފުނީގެ 27 އަހަރުވީ ދިގު ތާރީޚުގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް އެންމެ ގިނައިން އެކުންފުނިން ހިންގާ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު