Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓްތަކުގެ ބިމު ކުލި

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރާ އިސްލާހު އަނބުރާ ގެންގޮސްފި

25 މެއި 2022 | ބުދަ 12:16

ސަރުކާރުން ރިސޯޓް ބިމު ކުލި ކުޑަކުރަން ނިންމި އިރު ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ ނުފެށޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މެއި 2022 | ބުދަ 12:16
އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރ

އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރ

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ރިސޯޓް ބިމު ކުލި ކުޑަކުރަން ނިންމި އިރު ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ ނުފެށޭ ކަމަށެވެ. އޭރު ބިމު ކުލި ކުޑަކުރި ނަމަވެސް ރާއްޖޭގެ އިގްސާދު ފެނުނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވުމާއެކު އެ ނިންމުން ބަދަލު ކުރަން ނިންމެވީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އިކޮނިމިކް ކައުސިލްގައި އެކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު ރިސޯޓް ބިމު ކުލި ކުޑަ ނުކުރުމަށް ނިންމައި، މިހާރު އެކަން ސިޓީއަކުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

މިހާލަތުގައި ރިސޯޓުތަކުގެ ބިމު ކުލި ކުޑަކޮށްފިނަމަ ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމަށާއި، އެފަދަ އެއްވެސް ކަމެއް މިވަގުތު ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރ އަލީ ހާޝިމްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ގަވަރނަރ މިގޮތަށް އިލްތިމާސް ކުރެއްވީ، ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ޓޫރިޒަމް ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހަށް ވާހަކަދައްކަވަމުންނެވެ. އެކަމަކީ ދައުލަތަށް އާމްދަނީ ދަށްވާނެކަމެއް ކަމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ އަވައްޓެރި ސްރީލަންކާއަށް ޖެހުނު ހާލަތު ރާއްޖެއަށް ޖެހިދާނެކަމަށް ވެސް ގަވަނަރ ވިދާޅުވިއެވެ.

ގަވަނަރ ވިދާޅުވީ ރަޝިއާއާއި ޔޫކްރޭންއާއި ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ އަސަރު ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގުތިސާދަށް ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި ދަނޑިވަޅު އާމްދަނީ ދަށްވާނެ ކަމެއް ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫންކަން ގަވަނަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ގަވަނަރ ވިދާޅުވީ، އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތައް ތަފްސީލުކޮށް ބެލުން މުހިންމު ކަމަށެވެ. އަދި އެ ބަދަލުތައް ބެލުމަށް ޚާއްސަ އެނަލިސިސް އެއް ހެދުން މުހިންމު ކަމަށެވެ.

ސަރުކާރުން ޓޫރިޒަމް ގާނޫނު އިސްލާހުކޮށް ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ހުށަހަޅާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދުރު ރާސްތާގައި، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މަންފާ އިތުރުވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ބަދަލުގެ ބޭނުމަކީ ނުހެދި ހުރި ގިނަ ރަށްތަކަށް އިންވެސްޓަރުން ލިބި، މި ސިނާއަތް ކުރިއަށްގެންދިއުން ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް