Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އިންޑިއާ އައުޓް" ބެނަރ ނެގުން

"އިންޑިއާ އައުޓް" ބެނަރ ނެގި މައްސަލާގައި ފުލުހުންނަށް ގިނަ ސުވާލުތަކެއް

މި މައްސަލަ ހުށައެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މެއި 2022 | ހޯމަ 12:42
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވާއިރު، އެ މައްސަލައިގެ ދެވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އެ އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވަނީ އިސްތިއުނާފު ހުށައަޅުއްވާފައެވެ.

ވުމާއެކު، ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފަށް ޖަވާބު ދީފައެވެ. އެގޮތުން ދައުލަތުން ވަނީ ޔާމީނުގެ ފަރާތުން ހުށަހަޅުއްވާފައިވާ ދެ ނުކުތާއަށް ޖަވާބު ދީފައެވެ.

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ފުރަތަމަ ނުކުތާއަކީ އިންޑިއާ އައުޓް ބެނަރ ނެގުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޖިނާއީ ކުށެއްގެ ރުކުންތައް ފުރިހަމަ ނުވާ އަމަލަކާ ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ބުނާ ނުކުތާއެވެ.

ޖިނާއީ މައްސަލައެއް ތަހުގީގުކުރުމުގައި އެންމެ މުހިއްމު ކަމަކީ، އެ މައްސަލައަކާ ގުޅިގެން ހެކި/ގަރީނާ ހޯދުންކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ބަލައި ފާސް ކުރުމަށް ހެކި/ގަރީނާ ހޯދުމަކީ އެކަމުގެ ފުރަތަމަ ސްޓޭޖް ކަމަށެވެ. އެގޮތުގެ މަތިން އަމިއްލަ މީހެއްގެ ތަނަކަށް ވަންނަ ނަމަ، ކޯޓު އަމުރެއް އޮންނަންޖެހޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޔާމީނުގެ ފަރާތުން ހުށައެޅުއްވި ދެވަނަ ނުކުތާއަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މިންތަކާއި، އިންތިޚާބުތަކާބެހޭ މައުލޫއެއްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އިޚްތިސާސް ލިބިގެންވާ ކޯޓަކަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލަތަކެއް ކަމަށެވެ.

އެކަންކަމަކީ މި އަމުރާ ގުޅިގެން ގޮތެއް ކަނޑައެޅިދާނެ ކަމެއް ކަމަށް ދައުލަތުން ނުދެކެއެވެ.

ދައުލަތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މިއީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމަށް ނިންމަވައިދެއްވުމަށެވެ.

މި އަޑުއެހުމުގައި ޝަރީއަތުންވެސް ވަނީ ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް:

މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަަތަށް އަމާޒުކޮށްފައެވެ. ވަކިން ޚާއްސަކޮށް ފަނޑިޔާރު ނިޔާޒު ގިނަ ސުވާލުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ބެނަރ ދެމުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގައި މާނަ ކުރެވެނީ ކިހިނެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް ދައުލަތުން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް، ފުލުހުން ބުނެފައިވަނީ އެކަމަށް ސީދާ ޖަވާބެއް ނެތްކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި ކޯޓު އަމުރު ނެރުމަށް އެދިފައިވަނީ އާންމު އުސޫލުން ހުރިހާ މައްސަލަތަކުގައިވެސް އެދޭ ތަރުތީބުންނެވެ.

ފަނޑިޔާރު ވަނީ މި އަމުރު ނެރެފައިވަނީ ކޮން ކުށަކާ ހަވާލާދީތޯ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީި، އަމުރު ނެރުމަށް އެދުނީ، ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދިނުމާގުޅޭ އަމަލުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން، ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމަށެވެ.

ދެން ފަނޑިޔާރުން ކުރެއްވި ސުވާލަކީ މި ކުށާގުޅިގެން ހޯދުމަށް ދިޔަ ހެތްކަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ ފުލުހުން ހޯދި ހެއްކަކީ ބެނަރ ކަމަށެވެ.

ދެން ފަނޑިޔާރު ކުރެއްވި ސުވާލަކީ، ފުލުހުން ހޯދަން ދިޔަ ހެތްކަކީ ބެނަރ ކަމަށްވެފައި، އެ ބެނަރ މިހާރު ނަގާފައިވާއިރު، އެއީ ހެކި ނައްތާލުމަށް ވެދާނެތޯއެވެ. އަދި ކުރިން ރައީސް ޔާމީނަށް އެ ބެނަރ ނެގުމަށް އަންގަވާފައިވާއިރު، ހެތްކެއް އަމިއްލައަށް އެ ފަރާތުން ނެންގެވުމަށް ފުލުހުން އެންގީ ކީއްވެތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނީ، ފުރަތަމަ ފުރުސަތު ދިނީ އެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ބެނަރ ނެގުމަށް ކަމަށެވެ. ނަމަވެސް އެހިސާބުން ފުލުހުންގެ ވާހަކަ ހުއްޓުވައި ފަނޑިޔާރު ވަނީ އަނެއްކާވެސް އެ ސުވާލު ތަކުރާރުކުރައްވާފައެވެ. އެގޮތުން ފުލުހުން ހެތްކެއްގެ ގޮތުގައި ބަލާ އެއްޗެއް އަމިއްލަ އިޚްތިޔާރުގައި ނަގައިގެން ނައްތާލެވިދާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ފުލުހުންނަށް ޖަވާބެއް ނުދެވުމުން އަނެއްކާވެސް ފަނޑިޔާރު ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެގޮތުން ކުށަކާގުޅޭ ހެކި ފެނުމުން، އެ ކުށް ކުރި މީހާ އަމިއްލައަށް ހެކި ނެގުމަށް އަންގަނީތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. އެއީ ހެކި ނައްތާލުން ނޫންތޯ ފަނޑިޔާރު އަނެއްކާވެސް އެއްސެވިއެވެ.

ދައުލަތުންވެސް ބުނެފައިވަނީ މިއީ އަދި ޕީޖީ އޮފީހަށް ހުށައެޅިފައިވާ މައްސަލައެއް ނޫން ކަމަށާއި، ފުލުހުން ނެގީ ކޮން ހެތްކެއްކަން ދައުލަތަށްވެސް ނޭނގޭކަމަށެވެ.

މި މައްސަލާގައި އޭގެ އިތުރުންވެސް ގިނަ ސުވާލުތަކެއް ފުލުހުންނަށް އަމާޒުކޮށްފައިވާއިރު، ޖުމުލަކޮށް މި މައްސަލައިގެ އަޑުއެހުންތައް މިވަނީ ނިންމާލާފައެވެ.

ފަނޑިޔާރުން އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ މި މައްސަލާގައި ގޮތެއް ނިންމެވުމެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު