Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯރލްޑް ހެލްތު އެސެމްބްލީ

ވޯރލްޑް ހެލްތު އެސެމްބްލީގައި މިނިސްޓަރ ނަސީމް ބައިވެރިވެވަޑައިގެންފި

22 މެއި 2022 | އާދީއްތަ 15:16

މި ބައްދަލުވުމުގައި 194 ގައުމަކުން، ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 މެއި 2022 | އާދީއްތަ 15:16
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 75 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިބައްދަލުވުމަކީ ދުނިޔޭގެ 194 ގައުމަކުން ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ، ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކެއް ނިންމާ، އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި އަހަރުގެ ބައްދަލުވުމަކީ 7 ދުވަހުގެ މުއްދަތަށް، މެއި 22ން 28ށް ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ބައްދަލުވެމެކެވެ.  

Advertisement - newsAdvertisement

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމްއެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަހުމަދުގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި، ގައުމުތަކުގެ ވަޒީރުން ތަގުރީރުކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ މައުޟޫއަކީ "ހެލްތު ފޯރ ޕީސް، ޕީސް ފޯރ ހެލްތު"އެވެ. މިމައުޟޫއަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ޚާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމްއިއްޔާގެ ބަޖެޓާ ގުޅުންހުރި ކަންކަމާމެދު ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ. ޚާއްސަކޮށް ކޯވިޑްގެ ހާލަތުން އަރައިގަނެ އަދި ޕަބްލިކް ހެލްތު އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއާ ގުޅޭގޮތުންނާއި، ސަސްޓެއިނަބްލް ފިނޭންސިންގއާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ޕަބްލިކް ހެލްތާއި ހެލްތުކެއަރ ސަރވިސަސްއާއި ހެލްތުކެއަރ ވަރކްފޯސްއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ، ސްޓޮޕް ޓީބީ އަދި ގްލޯބަލް ފަންޑާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް: ހެލްތު ފޮރ އޯލް ޗެލެންޖް"ގެ ނަމުގައި, ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެ މަގުސަދުގައި، ހިނގާލުމަކާއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. މިއަދު ހެނދުނު ބޭއްވުނު މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފުދުންވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް