Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮނޑޭ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން

ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ލިބިފައި ނެތް ތަރައްގީ މި ސަރުކާރުގައި ކޮނޑޭއަށް ލިބިފައިވޭ: ކޮނޑޭ ކައުންސިލް

ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީގެ 5 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އަދި މިހާރުވެސް 4 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މެއި 2022 | ބުރާސްފަތި 16:20
ރައީސް ސޯލިހު ގއ. ކޮނޑޭ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސް ސޯލިހު ގއ. ކޮނޑޭ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގއ. ކޮނޑޭ ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުގައި ކޮނޑޭ ކައުންސިލުގެ މެންބަރުން ވަނީ، ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެރަށުގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްގީއަށް ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީގެ 5 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަދި މިހާރުވެސް 4 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ، އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމަށް ބޭނުންވާކަމަށާއި، ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތްފަދަ ޚިދުމަތްތައް އިތުރުކޮށް ޚިދުމަތް ފުޅާކުރަން ބޭނުންވާކަމަށާއި، ސްކޫލަށް 7 ކްލާސްރޫމް ބޭނުންވާކަމަށާއި، 50 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްގީކުރުމާއި، އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެރަށާއި އެސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންނާއި، އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖްތިމާއީ، އިގުތިސާދީ ތަރައްގީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮނޑޭގެ ތަރައްގީއަށް ކުރިޔަށްދާ، އަދި ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން ކޮނޑޭ ސްކޫލްގެ 4 ކްލާސް ރޫމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބައްލަވައި މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ބުނެފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި ތަރައްގީގެ ކަންކަން ފަހިކޮށްދެއްވުމުގައި، ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު