Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅުގެ އިންޑިއާ އައުޓް ޙަރަކާތް

މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށް، ތަކަނޭ 5 ދުވަހަށް ބަންދު

މުޙައްމަދު އިސްމާއިލްއަށް ކޯޓު އަމުރުގެ ކޮޕީއެއް ދީފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 10:19
އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ޙަރަކާތުގައި

އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ޙަރަކާތުގައި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުން، ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ޙަރަކާތުގައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނި ގޮތުގައި އެ ދެމީހުން ހައްޔަރު ކުރީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާތީއެވެ.

އަދި އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުން ކޮށްގެންނާއި، "އިންޑިއާ އައުޓް" އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައިވާތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާކަން ބަޔާން ކުރައްވައި، ރައީސް އެ ޤަރާރު ނެރުއްވާފައިވަނީ 21 އޭޕްރީލް 2022 ގައެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އެގޮތުން ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ ގޮތަށް، އަދި އަވައްޓެރި ޤައުމުތަކާ އޮންނަ ގުޅުމަށް އަސަރުކުރާ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިންޑިއާ އައުޓް ޙަރަކާތުގެ ތެރެއިން ބެނަރ ތައްޔާރުކޮށް، އެ ޙަރަކާތް ރާވާ ހިންގާކަމުގެ ތުހުމަތުވަނީ އެ ދެމީހުންގެ މައްޗަށްވެސް ކޮށްފައެވެ.

ފުލުހުން ވަނީ ހެކީގެ ގޮތުގައި ރައީސްގެ ޤަރާރާއި، މައްސަލައާ ގުޅޭ ފޮޓޯ ރިޕޯޓެއްގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުވެސް ހުށައަޅާފައެވެ. ފުލުހުން ބުނާ ގޮތުގައި އެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ.

އަދި އެމީހުން ދޫކޮށްލައިފިނަމަ އެފަދަ އަމަލުތައް ތަކުރާރު ކޮށްފާނެކަމަށް ބެލެވޭކަމަށްވެސް އައިއޯ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެފަދަ އަމަލުތަކަކީ އާންމު މަސްލަޙަތު ރައްކާތެރި ކުރުމުގައި ގޮންޖެހުންތަކެއް ދިމާވެދާނެ ކަމެއްކަން އައިއޯ ވަނީ ފާހަގަކުރައްވާފައެވެ.

މުޙައްމަދު އިސްމާއިލްގެ ޤާނޫނީ ވަކީލު އާދަމް އާސިފް ވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ހައްޔަރުކުރިއިރު ކޯޓު އަމުރުގެ ކޮޕީއެއް ފޯރު ކޮށްދޭންޖެހޭނެކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވީނަމަވެސް، އެގޮތަށް އަމަލު ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ހައްޔަރު ކުރުމުގެ އަމުރު ތަންފީޒުކުރާ ފުލުހަކު އަމަލުކުރަންޖެހޭ އުސޫލުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ޙާދިސާ ރިޕޯޓާއި، ހުށައެޅިފައިވާ ހެކިތަކާއި، ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، އޭނާ ހައްޔަރުކުރިއިރު ކޯޓު އަމުރުގެ ކޮޕީއެއް ދީފައިނުވާކަން އެނގޭކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ގާޒީ ޝަކީލު ކަނޑައެޅުއްވިއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ގެ މައްޗަށްވެސް ކޮށްފައިވަނީ ހަމަ އެއް ތުހުމަތުތަކެކެވެ.

އަލީ ނަސީމްގެ ވަކީލު ވަނީ އޭނާ ކުރިކަމަށް ބުނާ އަމަލު ޤާނޫނީ ގޮތުން ކުށަކަށް ވަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ރައީސްގެ ޤަރާރަކީ ޤާނޫނީ ބުރަދަން ދެވިގެންވާނެ ޤަރާރެއްކަމަށް ދެކިނުލައްވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެ ސުވާލަށް ދިން ޖަވާބުގައި ފުލުހުން ބުނި ގޮތުގައި އޭނާ ވަނީ ބޮޑުތަކުރުފާނު މަގުގެ ތާރުގައި އިންޑިއާ އައުޓް ޖެހުމުގައިވެސް ބައިވެރިވެފައެވެ. އެގޮތުން ފުލުހުންގެ އަމުރުތަކަށް ތަބާނުވެ، ފުލުހުންގެ ދައުރަށް ހުރަސްއެޅޭގޮތަށް އަމަލު ކޮށްފައިވާކަމަށް އައިއޯ ވިދާޅުވިއެވެ.

އައިއޯ ވިދާޅުވާ ގޮތުގައި އޭޕްރީލް 14 ގައި އޭނާ ހައްޔަރުކުރިއެވެ. އަދި އޭރު އޭނާ ހައްޔަރުކުރުމަށްފަހު ބޭއްވި ބަންދު މަޖިލީހުގައި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލި ފަހުންވެސް އޭނާ ވަނީ އެ ޙަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ އަހުމަދު ޝަކީލުވެސް ވަނީ ބައެއް ސުވާލުތައް އަމާޒުކުރައްވާފައެވެ. އެގޮތުން އޭނާ ޚިލާފުވެފައިވަނީ ފުލުހުންގެ ސީދާ ކޮން އެންގުމަކަށްތޯ ގާޒީ ޝަކީލު ވަނީ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ އައިއޯ ވިދާޅުވީ، އޭނާ ކުރި އަމަލަކީ އާންމު މަސްލަޙަތު ރައްކާތެރި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިކުރުވުން ކަމަށެވެ. އަދި އޭނާއަކީ އެ ކުށްތައް ރާވައި ހިންގާ މީހާކަމަށް އިންޓެލް ރިޕޯޓުން އެނގިގެންދާކަން އައިއޯ ފާހަގަކުރެއްވިއެވެ.

ގާޒީ ޝަކީލު ވިދާޅުވި ގޮތުގައި ފުލުހުން ހުށައަޅާފައިވާ ފޮޓޯ ރިޕޯޓަށާއި، ހުށައެޅިފައިވާ އެހެނިހެން ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލު އޭނާ ހިންގި ކަމަށް ތުހުމަތެއް އުފެދޭ މިންވަރަށް ހެކި އެބަހުއްޓެވެ. ވުމާއެކު، އޭނާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 5 ދުވަހުގެ މުއްދަަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ގާޒީ ޝަކީލު ވަނީ އަމުރު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު