Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެރިޓައިމް އަންހެނުންގެ ދުވަސް

މެއި މަހުގެ 18 ވަނަދުވަހަކީ މެރިޓައިމް ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް ޚާއްސަ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

18 މެއި 2022 | ބުދަ 11:55

މި ސިނާއަތުގައި އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެހާ ފަރާތްތަކަށް ވަނީ ގޮވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މެއި 2022 | ބުދަ 11:55
ޓްރާންސް މޯލްޑިވިއަންގެ ސީޕްލޭންގައި މަސައްކަތްކުރާ ޒުވާން އަންހެންކުއްޖެއް

ޓްރާންސް މޯލްޑިވިއަންގެ ސީޕްލޭންގައި މަސައްކަތްކުރާ ޒުވާން އަންހެންކުއްޖެއް

މެއި މަހުގެ 18 ވަނަދުވަހަކީ މެރިޓައިމް ސިނާއަތުގައި މަސައްކަތްކުރާ އަންހެނުންނަށް ޚާއްސަ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އައި.އެމް.އޯގެ 31 ވަނަ ޖަލްސާއިން ފާސްކުރެވުނު "2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ވޯލްޑް މެރިޓައިމް ތީމްގެ ލެގަސީ ކުރިއަރުވައި، މެރިޓައިމް ދާއިރާއިން އަންހެނުންނަށް ހުރަހެއްނެތް މަސައްކަތުގެ މާހައުލެއް ހޯދައިދިނުން" ގަރާރާ ގުޅިގެން އައި.އެމް.އޯގެ 32 ވަނަޖަލްސާގައި ވަނީ މެރިޓައިމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަދުވަހަކީ "މެރިޓައިމް ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެއް"ގެ ގޮތުގައި ކަނޑައަޅާފައެވެ. މެރިޓައިމްދާއިރާގައި އަންހެނުން ބައިވެރިކުރުމާއެކު، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްވެސް އައި.އެމް.އޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

މެރިޓައިމް ދާއިރާއިން އަންހެނުންނާގުޅޭ ދުވަސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރުން، 18 މޭ 2022 ވަނަ ދުވަހު އިފްތިތާހުކުރާއިރު، މި ސިނާއަތުގައި އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެހާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

އަދި މެރިޓައިމްދާއިރާއަށް އަންހެނުން ރެކްރޫޓްކުރުމާއި، ދާއިރާގައި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާ އަދާކުރުމާއި، އަދި މެރިޓައިމް ދާއިރާގައި މިހާރު އޮތް ޖެންޑަރ އިމްބެލެންސް ހައްލުކުރުމަށާއި އަންހެނުންގެ ބައިވެރިވުން މި ދާއިރާގައި އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން އެކުލަވާލާ މިދާއިރާއާ ގުޅޭކަންކަމުގައި އަންހެނުންނަށް އިސްކަންދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ މެރިޓައިމް ސިނާއަތުގައި ޖެންޑަރ އިމްބެލެންސް ނައްތާލައި މެރިޓައިމް ސިނާއަތަކީ އެންމެންނަށް ހަމަހަމަފުރުސަތު ލިބިގެންދާނެ ދާއިރާއަކަށް ހެދުން ކަމަށެވެ. މެރިޓައިމް ކޮމިއުނިޓީއާއި، ބޯޓުފަހަރުގައި އަންހެނުން މިހާރަށްވުރެ ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އަދި ކަންކަން ނިންމާ ފެންވަރުގައި އަންހެނުން ފުޅާ ދާއިރާއެއްގައި ތަމްސީލުކުރުމާ ގުޅޭގޮތުން "ޓްރެއިނިންގ-ވިސިބިލިޓީ ރިކޮގްނިޝަން: ސަޕޯޓިންގ އަ ބެރިއަރ ފްރީ ވޯކިންގ އެންވަޔަރަންމަންޓް" ޝިއާރުގެ ދަށުން ވަރޗުއަލް ސިމްޕޯސިއަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފުރުސަތުގައި އަންހެނުންނަށް މިދާއިރާގައި ހުރި ހުރަސްތައް ގިރާކޮށް، މެރިޓައިމް ކޮމިއުނިޓީގައި އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމުކޮށްދީ، އަންހެނުންނަށް ފަހި ފުރުސަތުތަކެއް މި ދާއިރާގައި ހޯދައިދިނުމަށް މި ސިނާއަތުގެ ހުރިހާ ބައިވެރިންނަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
01 މެއި 2017

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
17 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް