Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގެ އާމްދަނީ އިތުރުވުން

ޗެމްޕިއަންސް ލީގު ނުލިބުނަސް، މެސީގެ ސަބަބުން ޕީއެސްޖީގެ އާމްދަނީ އިތުރުވެއްޖެ

17 މެއި 2022 | އަންގާރަ 06:41

ޕީއެސްޖީގެ ޓީވީ ރެވެނިއު ދަށްވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 17 މެއި 2022 | އަންގާރަ 06:41
ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

މި ސީޒަންގައި ޕީއެސްޖީއަށް ލިއޮނެލް މެސީގެ އިތުރުން ސާޖިއޯ ރާމޯސް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ޓީމު ވަރުގަދަކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މި ކުޅުންތެރިން ޓީމާއި ގުޅުމުގެ އިތުރުން އެމްބާޕޭ އާއި ނޭމާ ފަދަ މޮޅެތި ކުޅުންތެރިންނާއެކު މި ސީޒަންގެ ޗެމްޕިއަންސް ލީގު ޕީއެސްޖީން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު އުންމީދުކުރިއެވެ.

ނަމަވެސް އެކަން ކާމިޔާބުނުވެ، ކްލަބުގެ މެނޭޖުމެންޓާއި، ސަޕޯޓަރުން ޖެހުނީ ނާކާމިޔާބީއާއި ކުރިމަތިލާށެވެ. މުބާރާތް ކާމިޔާބު ނުވި ނަމަވެސް މެސީގެ ސަބަބުން ޕީއެސްޖީއަށް ބޮޑު ފައިދާއެއް ކުރިކަން ގައިމެވެ. މެސީ ޕީއެސްޖީއަށް ބަދަލުވުމާއެކު އެކްލަބުގެ އާމްދަނީ ބޮޑުތަނުން އިތުރުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއަށް ވަނީ އާމްދަނީގެ ގޮތުގައި 700 މިލިއަން ޔޫރޯ ލިބިފައެވެ. މިއީ 2011 ވަނަ އަހަރު ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން ކްލަބާއި ހަވާލުވި ފަހުން ޕީއެސްޖީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.

ޕީއެސްޖީގެ އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ސްޕޮންސަރުންނެވެ. މެސީ ޕީއެސްޖީއާ ގުޅުމާއެކު ސްޕޮންސަރުން ވަނީ 13 އިންސައްތަ އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 50 މިލިއަން ޔޫރޯއެވެ. މީގެ އިތުރުން އިޝްތިހާރު ކޮށްގެން މި ސީޒަންގައި ޕީއެސްޖީއަށް 300 މިލިއަން ޔޫރޯ ލިބޭނެއެވެ. މިއީވެސް ޓީމުގެ ތާރީޚަށް ބަލާނަމަ ރެކޯޑެކެވެ.

ދެން އޮތީ ޖާޒީ ވިއްކައިގެން ކްލަބުން ހޯދަމުން އައި އާމްދަނީއެވެ. ޕީއެސްޖީން ވިއްކާފައިވާ ޖާޒީގެ 60 އިންސައްތައަކީ މެސީގެ ޖާޒީއެވެ. ޕީއެސްޖީއަށްވުރެ ގިނައިން ޖާޒީ ވިއްކާ މިހާރު އޮތީ އެންމެ ކްލަބެކެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. ޖާޒީ ވިއްކުމުގެ އިތުރުން، ޕީއެސްޖީގެ ސްޓޭޑިއަމްއަށް މެޗު ބަލަން ވަންނަ މީހުންގެ އަދަދުވެސް ވަނީ މެސީ އެޓީމަށް ދިއުމާއެކު ރެކޯޑު އަދަދަކަށް އިތުރުވެފައެވެ.

ނަމަވެސް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ގަދަ 16ގެ މެޗުން ރެއާލް އަތުން ބަލިވުމާއެކު ޕީއެސްޖީގެ ޓީވީ ރެވެނިއު ދަށްވާނެއެވެ. މިދިޔަ ސީޒަންގެ ސެމީ ފައިނަލަށް ޓީމު ދަތުރުކޮށްފައި ވާތީ ޓީވީ ރެވެނިއުގެ ގޮތުގައި 200 މިލިއަން ޔޫރޯ އެކަލަބަށް ލިބެއެވެ. ނަމަވެސް މި ސީޒަންގައި ލިބުނު ނާކާމިޔާބީއާއެކު މި އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް