Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ އަހަރީ އާއްމު ޖަލްސާ

އެމްޓީސީސީ އޭޖީއެމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރެއާ ހަމައަށް

17 މެއި 2022 | އަންގާރަ 07:51

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ 17 ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 މެއި 2022 | އަންގާރަ 07:51
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ މުއްދަތު މިރެއަށް ހަމަވާނެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 8:30ގައި ކުރުނބާ މޯލްޑިވްސްގައެވެ. އެ ޖަލްސާގައި ބައިވެރިވާން ހިއްސާދާރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށެވެ.

މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ އެމްޓީސީސީގެ ހިއްސާދާރުންގެ ތެރެއިން 2022 އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށްކަމަށް އެކުންފުނިން ބުނެއެވެ. އަދި ހިއްސާދާރުން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާން ބޭނުންވާ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯޓަލްhttps://www.infinity.mv/މެދުވެރިކޮށް ނުވަތަ sharholders@mtcc.com.mv އީމެއިލް ކޮށްގެން ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި މި ޖަލްސާއާ ގުޅޭ ލިޔެކިޔުންތައް އެމްޓީސީސީގެ ވެބްސައިޓުން ހިއްސާދާރުންނަށް ލިބެން ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ވޯޓު ލާނީ އިލެކްޓްރޯނިކް ކޮށެވެ. އެހެންވެ، ކޮންމެ މީހަކުވެސް ޖަލްސާއަށް ދާއިރު ފޯނު ނުވަތަ އެ ނޫންވެސް އިލެކްޓްރޯނިކް ޑިވައިސެއް ގެންދިއުމަށް އެ ކުންފުނިން އެދެއެވެ.

އެމްޓީސީސީގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރުއެވެ. އެގޮތުން، މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224.6 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ވަނީ ހުށަހަޅައިފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
18 މެއި 2017

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް