Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމަށް އަންނަ ބަދަލުތައް

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބަޖެޓުން ހަރަދު ކުރަން ޖެހެނީ ބައިނަލްއަގުވާމީ އެހީ ހޯދަން ދަތިވުމުން: ޝައުނާ

16 މެއި 2022 | ހޯމަ 16:05

މިދިޔަ އަހަރު ރާއްޖޭގެ ބަޖެޓުން 30 އިންސައްތަ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ޚަރަދުވި ކަމަށް މިނިސްޓަރ ލަފާ ކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 މެއި 2022 | ހޯމަ 16:05
އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް އަމިއްލަ ބަޖެޓުން ބޮޑު ޚަރަދުތަކެއް ކުރަން ޖެހެނީ ބައިނަލްއަގުވާމީ ގްރީން ފަންޑުން އެހީ ހޯދުމުގައި ދަތިތައް ހުރުމުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑޮޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އަދި އޭގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްވުމަށް މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޝައުނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަ ނަމަވެސް އަޑު އިވޭނީ ގޮނޑުދޮށް ގިރާ ކަމުގެ ވާހަކަތަކާއި ފެން ތަޢައްޔަރު ވުމުގެ ވާހަކަތާއި ރާޅު ބޮޑުވުމުގެ ވާހަކަތައް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ މިފަދަ ގެއްލުންތަކާއެކު އެ ބަދަލުތަކަށް ހޭނުމަށް ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރުވެފައިވާއިރު އެކަމަށް ފަންޑު ހޯދުމަކީ ވަރަށް ދަތި ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގްރީން ކްލައިމެޓް ފަންޑެއް އޮންނައިރު އެ ފަންޑަށް އެކްސެސްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑޭޓާ ކަމަށް ޝައުނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ ކަހަލަ ކުރިއަރައިގެން އަންނަ ޤައުމަކަށް އެ ޑޭޓާ ލިބުމަކީ ދަތިކަމެއް ކަމަށެވެ.

ޝައުނާ ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފަންޑު ލިބުމުގައި ދަތިތައް ހުރުމުން ޤައުމުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް މަސައްކަތް ކުރުމަށް ޖުމްލަ ބަޖެޓުގެ 30 އިންސައްތަ ޚަރަދުވި ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރަނގަޅަށް ބަލައިފި ނަމަ ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ބަޖެޓުގެ 50 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ހޭދަ ވެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވަނީ ބައިނަލްއަގުވާމީ ފަންޑުތަކުން މިހާރަށްވުރެ ފަސޭހައިން ފައިސާ ލިބޭނެ ގޮތަށް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި 2030 އަންނަން މާ ގިނަ ދުވަހެއް ނެތް އިރު ރާއްޖެ ފަދަ ގައުމުތަކަށް ވަގުތުން ފިޔަވަޅު އެޅުން ނޫން ހައްލެއް ނެތް ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑޮޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގެ ކްރޮސްރޯޑްސް ރިސޯޓްގައެވެ. ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާ ރޭޓް 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި މޫސުމާ ބެހޭ ކަންކަމާ ބެހޭގޮތުން ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް

20 ނޮވެމްބަރު 2017
މޫސުމީ ބަދަލުތަކާ ބެހޭ ފެސްޓިވަލަށް ރައީސް ނަޝީދު ބެލްޖިއަމްއަށް
12 ނޮވެމްބަރު 2017

ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި

12 ނޮވެމްބަރު 2017
ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި
03 ނޮވެމްބަރު 2017

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

03 ނޮވެމްބަރު 2017
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
29 އޮކްޓޯބަރު 2017

ޕީޕީއެމް އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރަނީ ސަރުކާރުން ކަމަށް އިންތި ތުހުމަތު ކުރައްވައިފި

29 އޮކްޓޯބަރު 2017
ޕީޕީއެމް އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރަނީ ސަރުކާރުން ކަމަށް އިންތި ތުހުމަތު ކުރައްވައިފި
02 އޯގަސްޓު 2017

ޖޫން މަހުގެ އާމްދަނީ އަށް ކުރި ހަރަދު އިތުރު!

02 އޯގަސްޓު 2017
ޖޫން މަހުގެ އާމްދަނީ އަށް ކުރި ހަރަދު އިތުރު!
12 ޖުލައި 2017

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް