Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔޫއެއީއަށް ވަޑައިގަންނަވަނީ

ޝެއިޚް ޚަލީފާގެ ޖަނާޒާގައި ބައިވެރިވަޑައިިގަތުމަށް ރައީސް ޔޫއޭއީއަށް

ރައީސް ޔޫއޭއީއަށް ވަޑައިގަންނަވަން ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 08:54
 ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ޔޫއޭއީއަށް ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ޔޫއޭއީގެ ރައީސް ޝެއިޙް ޚަލީފާ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ރާއްޖެއިން ވެސް ބައިވެރިވެއެވެ. އެގޮތުން އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ 2022 މޭ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 2022 މޭ 16 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބައިދަނޑިއަށް ތިރިކުރެއްވުމަށް ވަނީ ނިންމާފައެވެ.

ޝެއިޚް ޚަލީފާ އަވަހާރަވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރު ފުޅަކީ 73 އަހަރެވެ. އެމަނިކުފާނަކީ ޔޫއޭއީގެ ރައީސްގެ އިތުރުން އަބޫދާބީގެ ވެރިޔާވެސްމެއެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވާގޮތުން ރައީސް ޝެއިޚް ޚަލީފާ އަވަހާރުވުމުގެ ހިތާމައިގައި ޔޫއޭއީގެ ދިދަ ވެސް 40 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ. އަދި 3 ދުވަހު ސަރުކާރު ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަތާ އަހަރުތަކެއް ވެފައި ވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމަނިކުފާނަށް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުގެ ސަބަބުން އަދާ ކުރައްވަމުން ގެންދެވީ ރައީސްގެ ރަމްޒީ ރޯލެކެވެ. އެ ގައުމުގެ ހިންގުމުގެ ކަންކަން ބަލަހައްޓަވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޔޫއޭއީ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު