Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅޭނީ ހޮނިހިރު އަދި އާދިއްތަ ދުވަހު

ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެވޭނެ ނުވަތަ ހާޑުކޮޕީ ހުށަހެޅޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 02:36
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ޝަކުވާ ބަލައިގަންނާނީ 14 މެއި ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 15 މެއި ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00އާ ހަމައަށްކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއިން ބުނީ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކޮށްގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅައިގެންނެވެ. މީގެ އިތުރުން 7250021، 7250031 އަދި 7250040ށް އެސްއެމްއެސް ކޮށްގެން ނުވަތަ ފޯނުން ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 9ން ހަވީރު 4ށް ކުރިޔަށްދާނެއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި 87 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެވެ. މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

އެމްޑީޕީން ވަނީ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދާނެ ގޮތް އާންމުކޮށްފައެވެ. އެއުސޫލަށް ބަލާލާއިރު ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރާތާ 15 މިނެޓް ފަހުން ވޯޓު ފޮށި ގުނަން ފަށަންވާނެއެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ނުހިންގުމާއި ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުކުރުމާއި ކެންޑިޑޭޓަކު ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަވަނުން ފިޔަވައި މަރުކަޒަށް ވަނުމާއި މަރުކަޒުގައި މަޑުކުރުމެވެ. މީގެއިތުރުން ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގައި ޖަހާފައިވާ ފާހަގަ އެހެން މީހުންނަށް ދެއްކުމާއި ވޯޓުކަރުދާސްކޮޅު ހިފައިގެން އެސަރަހައްދުން ބޭރަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު