Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު ވޯޓުލުން

އެމްޑީޕީގެ ވާދަވެރި އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު 9 ޖަހާއިރު

14 މެއި 2022 | ހޮނިހިރު 00:26

އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 މެއި 2022 | ހޮނިހިރު 00:26
ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު

ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 9ން ހަވީރު 4ށް ކުރިޔަށްދާނެއެވެ.

އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށް މިއިންތިޚާބު ވެގެންދާއިރު ޗެއަރޕާސަން އާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސަކު މިއިންތިޚާބުކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ. އެންމެ ވާދަވެރިކޮށް ކެމްޕެއިން ކުރިޔަށް ގޮސްފައިވަނީ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާ ދެމެދުއެވެ. މިދެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުން ނިކުންނަވާ ދެ ކެންޑިޑޭޓުންކަމުގައިވާތީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގައި ވޯޓުލުމަށް 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި 87 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ މާލޭގެ 15 ދާއިރާއެއްގެ ވޯޓު ފޮށީގެ އިތުރުން ކޮންމެ ދާއިރާއަކަށް ފޮއްޓެވެ. މާލޭގެ 15 ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާތަންތަނަކީ:

-ހުޅުމާލެ ދާއިރާ :ގާޒީ ސްކޫލް

-މެދު ހެންވޭރު ދާއިރާ : ކަލާފާނު ސްކޫލް

-ހެންވޭރު ދެކުނު ދާއިރާ: ކަލާފާނު ސްކޫލް

-ހެންވޭރު އުތުރު ދާއިރާ: ކަލާފާނު ސްކޫލް

-ހެންވޭރު ހުޅަނގު ދާއިރާ: ކަލާފާނު ސްކޫލް

-ގަލޮޅު ދެކުނު ދާއިރާ: ޖަމާލުއްދީން ސްކޫލް

-ގަލޮޅު އުތުރު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މައްޗަންގޮޅި އުތުރު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މައްޗަންގޮޅި ދެކުނު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މައްޗަންގޮޅި މެދު ދާއިރާ: ޖަމާލުއްދީން ސްކޫލް

-މާފަންނު އުތުރު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު ހުޅަނގު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު މެދު ދާއިރާ: ހިރިޔާ ސްކޫލް

-މާފަންނު ދެކުނު ދާއިރާ: ހިރިޔާ ސްކޫލް

-ވިލިމާލެ ދާއިރާ: ޔޫތް ސެންޓަރ

މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

އެމްޑީޕީން ވަނީ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދާނެ ގޮތް އާންމުކޮށްފައެވެ. އެއުސޫލަށް ބަލާލާއިރު ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރިތާ 15 މިނެޓް ފަހުން ވޯޓު ފޮށި ގުނަން ފަށަންވާނެއެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކެމްޕެއިންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ނުހިންގުމާއި ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު ވޯޓުލާ މަރުކަޒުގައި މަޑުކުރުމާއި ކެންޑިޑޭޓަކު ވޯޓުލާ މަރުކަޒަށް ވޯޓުލާން ވަންނަވަނުން ފިޔަވައި މަރުކަޒަށް ވަނުމާއި މަރުކަޒުގައި މަޑުކުރުމެވެ. މީގެއިތުރުން ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގައި ޖަހާފައިވާ ފާހަގަ އެހެން މީހުންނަށް ދެއްކުމާއި ވޯޓުކަރުދާސްކޮޅު ހިފައިގެން އެސަރަހައްދުން ބޭރަށް ދިޔުމެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް