Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީރާ

އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 މެއި 2022 | ހުކުރު 14:12
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

އެޕްރީލް 2022 ގައި މީރާ އަށް 1.63 ބިލިއަން ރުފިޔާ ޓެކްސް އާއި އެކި ފީތަކުގެ ގޮތުގައި ބަލައިގަނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.7 އިތުރު އަދަދެއް ކަމަށް މީރާ އިން މައުލޫމާތު ދެއެވެ. އަދި، އެޕްރީލް 2022 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %45.8 އިތުރު އަދަދެކެވެ.

Advertisement - newsAdvertisement

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ (ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ)ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެކެވެ.  

އެޕްރީލް 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %60.0 ނުވަތަ 977.88 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިންނެވެ. އެއީ %9.4 ނުވަތަ 153.60 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 124.72 މިލިއަން ރުފިޔާ (%7.7)، ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ (%4.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ (%12.9) ލިބިފައިވެއެވެ.

އެޕްރީލް 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.65 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު