Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީރާ

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ

މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 16:28
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ކޮވިޑާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް 16 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާ އިން ބުނީ މިފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނޭ ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ މީރާއަށް ލިބެންޖެހޭއިރު ޓެކްސް ނޫން ފައިސާގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

Advertisement - newsAdvertisement

މީރާ އިން ވަނީ ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިޢާޔަތްކޮށް، އެ ފަރާތްތަކަށް ދެވުނު ލުޔެއްގެ ގޮތުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން މެދުކަނޑާލާފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ 5 (ފަސް) އުސޫލެއް މިހާރު ވަނީ އާންމުކޮށްފައެވެ.

މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެ ކަމަށް މީރާ އިން ބުނެފައިވެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އިތުރަށް ކިޔާލަން

13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
13 ސެޕްޓެމްބަރު 2023

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ
12 ޖެނުއަރީ 2023

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް
09 ސެޕްޓެމްބަރު 2022

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

09 ސެޕްޓެމްބަރު 2022
އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ
04 އޯގަސްޓު 2022

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު