Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓަރޝަރީ ހޮސްޕިޓަލުތައް ތަރައްޤީކުރުން

ތިނަދޫ ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ނިމި، މިނިސްޓްރީއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް

ސަރުކާރުން ވަނީ ތިން މަސައްކަތެއް އެމްޓީސީސީއާ ހަވާލުކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 04:55
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެހެން ބައިތައް އިތުރުކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން އޯޕީޑީ އިމާރާތް އެޅުމާއި، ލޭބަރ ރޫމް ހެދުމުގެ އިތުރުން މިހާރު ހުރި އެމަރޖެންސީ ރޫމްގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށްދިޔަ ހިސާބު ބައްލަވާލައްވައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކްސްޓެންޝަން މަސައްކަތުގެ ތެރެއިން އޯޕީޑީގެ 14 ރޫމާއި، 4 ލޭބަރ ރޫމްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. މިކަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށާއި، މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މިހާރު ނުނިމެނީ އެމަރޖެންސީ ރޫމްގެ މަސައްކަތް އެކަނި ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމަރޖެންސީ ރޫމްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ މަސައްކަތް ޑިޒައިންކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި ނިންމާލެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އީއާރުގެ މަސައްކަތް ފެށޭނީ މިހާރު އީއާރުގައި ކުރަމުންދާ މަސައްކަތްތައް އޯޕީޑީ އިމާރާތަށް ބަދަލުކުރެވިގެން ކަމަށެވެ. އީއާރުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ސައިޓު އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

ހޮސްޕިޓަލަށް އަންނަ ކުރިއެރުންތަކާ ގުޅޭގޮތުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މި މަސައްކަތްތަކާއެކު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އީއާރުގެ ޚިދުމަތްވެސް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވުމަކީ އުންމީދެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތްތައް މިހާރު ކުރިއަށްގޮސްފައިވާ މިންވަރާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އަދިވެސް ކުރަންހުރި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އެމްޓީސީސީހެލްތު މިނިސްޓްރީޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގދ. ތިނަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު