Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗެއަރޕަރސަން ބަހުސް 2022: ޕާޓީގެ ކުރީގެ ރޫހު އަނބުރާ ގެންނަންޖެހޭ

2023 ކާމިޔާބު ކުރަން ބޭނުންނަމަ ޕާޓީ އެކަތިގަނޑަކަށް ވާންޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 13:25
"ޗެއަރޕަރސަން ބަހުސް 2022"ގައި ހާމަވި އެއްކަމަކީ ދެ ބޭފުޅުންގެ ވިސްނުންފުޅުގައި އެއްގޮތް ކަންކަން އެބަހުރިކަން

"ޗެއަރޕަރސަން ބަހުސް 2022"ގައި ހާމަވި އެއްކަމަކީ ދެ ބޭފުޅުންގެ ވިސްނުންފުޅުގައި އެއްގޮތް ކަންކަން އެބަހުރިކަން

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ނަތީޖާއަކަށް އިންތިޒާރުކުރާ އެއް ނަތީޖާއަކީ ޗެއަރޕަރސަންގެ އިންތިޚާބުގެ ނަތީޖާއެވެ. އެހެން މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށްވުރެ ބޮޑު ކެމްޕެއިނެއް ކުރަައްވަނީވެސް މި ގޮނޑިއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނެވެ. ގޮނޑިއަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާ ތަމްސީލުކުރައްވާ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއާއި, ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ. ކޮންމެއަކަސް ވަރަށް ވާދަވެރިކޮށް ދެ ކެންޑިޑޭޓުންވެސް ކެމްޕެއިންގައި އުޅުއްވާ މަންޒަރު ފެނެއެވެ. ރަށްރަށަށް ވަޑައިގެން އާންމު މެމްބަރުންގެ ޚިޔާލު ހޯއްދެވިއެވެ. އިންތިޚާބުގެ ވާދަވެރިކަމުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހޫނުގަދަ ބަހުގެ ހަމަލާތައްވެސް ދެއްވައެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ދެ ބޭފުޅުން އެއްތަނަކަށް ގެނެސް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ތަސައްވުރާއި ވިސްނުންފުޅު ހިއްސާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރާއްޖެޓީވީން ގެނެސްދިން "ޗެއަރޕަރސަން ބަހުސް 2022"ގައި ހާމަވި އެއްކަމަކީ، ދެ ބޭފުޅުންގެ ވިސްނުންފުޅުގައި އެއްގޮތް ކަންކަން އެބަހުރި ކަމެވެ. ދެ ބޭފުޅުންވެސް ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާކަމެވެ. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޕާޓީ ބައިބައިވުމަށް އެދިވަޑައިނުގަންނަވާކަމެވެ.

އެމްޑީޕީގެ ހިންގުމާމެދު އާންމު މެމްބަރުންގެ ކަންބޮޑުވުމެއް ކަމަށް އިންތި ވިދާޅުވީ, އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމާނުލައި ވެރިކަން ހިންގަމުން އަންނަ ލކަމަށް އާންމު މެމްބަރުން ބުނަމުން އަންނަ ވާހަކައެވެ. އެމްޑީޕީން ރައްޔިތުންނަށް ވީ ވައުދުތައް ސަރުކާރުން ނުފުއްދާކަން މެމްބަރުން ފާހަގަކުރާކަމަށް އިންތި ވިދާޅުވިއެވެ. އޭގެތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު އަދި ނުފުއްދި ވާކަމަށާއި, މަރުތަކުގެ މައްސަލައާއި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ނުބެލި ވާކަން އިންތި ފާހަގަކުރެއްވިއެވެ. މިއަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ, އާންމު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މެމްބަރުން ޕާޓީން ބާކީވެފައިވުންކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ އެމްޑީޕީގެ މަޖިލިސް މެމްބަރުން ސަރުކާރު ބަދުނާމު ކުރަމުންދާކަން މެމްބަރުން ފާހަގަކުރާ ކަމަށެވެ. މެމްބަރުން އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީ ނުހިނގުމާއި ޖަގަހަތައް ނުހިނގުންކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކެމްޕެއިންގައި ދަތުރުކުރެއްވި އެއްވެސް ރަށެއްގެ ޖަގަހަތައް ނުހިނގާކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި 2023 ކާމިޔާބު ކުރަން ބޭނުންނަމަ ޕާޓީ އެކަތިގަނޑަކަށް ވާންޖެހޭކަމަށް މެމްބަރުން ގަބޫލުކުރާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަ ގެންގުޅޭ ޕާޓީއެއްކަމަށް ދެ ބޭފުޅުންވެސް ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް މިހާރު އެހަމަތައް ގެއްލި، ހަމައެކަނި އެންމެ ބޭފުޅެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް އެމްޑީޕީ ވަމުން އަންނަކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީއަށް ވާގޮތެއް ރާއްޖެއަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި, މިހާތަނަށް ކަން ހިނގާފައި އޮތީ އެ އުސޫލުން ކަމަށެވެ. ވަކި ބައެއްގެ ވަށައިގެން ޕާޓީ އެނބުރޭތަން މިހާރު ފެންނަ ކަމަށާއި, ފާޑު ކިޔުން ބަލައި ނުގަނެ، ފާޑު ކިޔާ މީހަކީ ޕާޓީ މީހެއް ނޫންކަމަށް ބުނަމުން ދިޔުމަކީ މިހާރު ޑިމޮކްރެޓިކް އުސޫލްތައް ގެއްލެމުންދާ ކަން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ނަމޫނާ ޕާޓީއަކަށް ހެދުމުގެ ވިސްނުން އެބައޮތްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ދެން އޮތީ ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެއެވެ. އެއީ 2023 އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ކަމެވެ. ޕާޓީއާ މެދު ގެއްލެމުންދާ އިތުބާރު ހޯދުމަކީ މިހާރުުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ދެ ބޭފުޅުންވެސް ގަބޫލު ކުރައްވައެވެ. އަލުން އަނބުރާ ކުރީގެ ރޫހު ގެންނަން ޖެހޭ ކަމާއި, ވައުދުތައް ފުއްދަން ޖެހޭ ކަމެވެ. ފައްޔާޒު ވިދާޅުވީ, ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފިތުނަ ނައްތާލަން ޖެހޭ ކަމަށެވެ. ގެއްލިފައިވާ އިތުބާރު އަނބުރާ ގެނެސް ވަކި ބަޔަކު ބޭނުން ގޮތަކަށް ކުރާ ކަންކަން ހުއްޓުވަން ޖެހޭކަމަށެވެ. އެމްޑީޕީން ވީ ވައުދުތައް ފުއްދުމަށް ޕާޓީ ސަރުކާރުގެ ފަހަތުގައި ވަރުގަދައަށް އޮންނަން ޖެހެއެވެ. އެމަނިކުފާނުގެ ޗެއަރޕަރސަން ކަމުގެ ދަށުން ޕާޓީން ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބަހުސްގެ ތެރެއިންވެސް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެވިގެން ދިޔައެވެ. އިންތި ވިދާޅުވީ, ވަޒީރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރައްވާނަމަ ޕާޓީން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނެކަމަށެވެ. މިއަށް ފައްޔާޒު ރައްދު ދެއްވިއެވެ. ބަދުނާމުތައް ތަހުގީގުކުރުމަށް ގޮވައިލެއްވިއެވެ. ވިދާޅުވީ, އިލްޒާމު އަޅުވައި ވާހަކަދައްކާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި, ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ގޮވާލައްވަނީ އެ އިލްޒާމުތައް ބަލައި ތަހުގީގުކުރުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އެކަން ކުރެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އިންތިިއަށްވެސް އިނގިލި ދިއްކުރެވޭނެ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށާއި, ސާބިތު ނުހިފޭ ވާހަކަތައް ދައްކަވަން ބޭނުންފުޅުނުވާކަމަށެވެ.

ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް ދެ ބޭފުޅުންގެވެސް އަމާޒަކީ އެއް އަމާޒެކެވެ. ޕާޓީ އިތުރަށް ވަރުގަދަކޮށް ހިންގުމެވެ. އާންމު މެމްބަރުން އެދޭފަދަ ޕާޓީއަކަށް ހެދުމެއެވެ. ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުން މެމްބަރުންގެ ނިންމުން އެނގިގެންދާނެއެވެ. މިފަހަރުގެ ޗެއަރޕަރސަންގެ މަގާމު ދޭން ބޭނުންވަނީ ކޮން ބޭފުޅަކަށްކަން ނިންމާނީ އެމްޑީޕީގެ މެންބަރުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ރާއްޖެޓީވީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު