Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުޒާހަރާގައި ހައްޔަރު ކުރި މީހުން

ކުރީ ސަރުކާރުން "ތަހުގީގު"ގެ ނަމުގައި 326 މީހުން ބަންދުކުރި

2015 ވަނަ އަހަރު 257 މީހަކު ތަހުގީގަށް ބަންދުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 10:59
ކުރީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

ކުރީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

އަޑު އުފުލުމުގެ މިނިވަންކަން ކަނޑާލާ ހައްގުތައް ނިގުޅައިގަނެ، ކުރީ ސަރުކާރުން އެތައް ބަޔަކު ތަހުގީގުގެ ނަމުގައި ބަންދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ނިމިގެން ދިޔަ ވެރިކަމުގައި, ކުއްލި ހާލަތެއް މެދުވެރި ނުވިނަމަވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެތައް ބަޔަކު ތަހުގީގުކުރުމުގެ ނަމުގައި ބަންދުކުރިއެވެ. މީގެ ތެރޭގައި ގިނައީ ސަރުކާރު ޒިންމާދާރުކުރުމަށް އެއިރު އިދިކޮޅުން ބޭއްވި އެއްވުންތަކުގައި ހައްޔަރުކުރި މީހުންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2014 ވަނަ އަހަރު 16 ދިވެއްސަކު ހައްޔަރު ކޮށްފައިވެއެވެ. އަދި 2015 ވަނަ އަހަރު 186 މީހުން ހައްޔަރުކުރިއިރު، މީގެ ތެރޭގައި ހިމެނެނީ 182 ދިވެހިންނާއި، 4 ބިދޭސީންނެވެ. 2016 ވަނަ އަހަރު 35 ދިވެހިންނާއި، 3 ބިދޭސީންނާއެކު ޖުމްލަ 38 މީހުން ހައްޔަރުކުރިއެވެ. މިއީ އެ ވެރިކަމުގެ 3 އަހަރަށް ބަލާނަމަ 240 މީހުންނެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު 31 ދިވެހިންނާއި، 2018 ވަނަ އަހަރު 256 ދިވެހިން ހައްޔަރުކުރިއެވެ. ވެރިކަމުގެ ފަހު އަހަރު ވެސް, އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މުށުތެރެއަށް ލައިގެން، ސަރުކާރުގެ ހުރި ގޯސްކަންތަކުގެ ވާހަކަ ދެއްކި އެތައް ބަޔަކު ހައްޔަރުކުރިއެވެ. ނިމިގެން ދިޔަ ސަރުކާރުގައި ޖުމްލަ 527 މީހަކު މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވެއެވެ.

މި ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާރު އޮތް ވެރިކަމުގެ 3 އަހަރު ޖުމްލަ މީހުން ހައްޔަރުކުރި އަދަދު ނިސްބަތުން މަދެވެ. 2019 ވަނަ އަހަރު 9 މީހަކު ހައްޔަރުކުރިއިރު، 2020 ވަނަ އަހަރު 24 ދިވެހިންނާއި، 1 ބިދޭސީއަކު ހައްޔަރު ކުރިއެވެ. އަދި 2021 ވަނަ އަހަރު 236 މީހަކު ހައްޔަރުކުރިއިރު، މި އަހަރަކީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަހަރުގެ ބޮޑު ބައެއް ބަންދުކޮށްފައިވާ އަހަރެކެވެ.

2021 ވަނަ އަހަރު ހައްޔަރު މީހުންގެ ތެރޭގައި ގިނައީ ލޮކްޑައުން އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތުމާއެކު އެއްވެ އުޅުން މަނާކޮށް، ގިނަ މީހުން އެއްތަނަކަށް ދިއުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، އާންމުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ދިއުމުން ހައްޔަރުކުރި މީހުންނެވެ. ކޮވިޑްގެ ހާލަތާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އާންމުންގެ ކިބައިން އެދުނު ނަމަވެސް، އިދިކޮޅުން އެކި ނަންނަމުގައި މުޒާހަރާތައް ބާއްވައި، އެ މުޒާހަރާތަކާގުޅިގެން އެތައް ފަހަރަކު ކޮވިޑް ބަލި ފެތުރުން އިތުރުވެގެންދިޔައެވެ. އަދި ރަށްރަށަށް ދިއުން މަނާކޮށްފައި ވީނަމަވެސް، އެކި ބަހަނާތަކުގައި ރަށްރަށަށް އަރަން މަސައްކަތްކުރި މީހުން ވެސް މި މީހުންގެ ތެރޭގައި ހިމެނެއެވެ.

މި ވެރިކަމުގައި 2022 ވަނަ އަހަރު 55 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާފަދަ، އަދި ޒުވާނުން އެއްކޮށްގެން މަގުމަތީގައި ހިންގާ ހަރަކާތުގެ ތެރެއިން އަމާންކަމަށް ނުރައްކާވާ މިންވަރުގެ ކަންކަން ހުރުމުން، އެކަމުގެ ކަންބޮޑުވުމާއެކު، ނުކުރަން ބުނެފައިވާ ކަންކަން ކޮށްފައިވާތީ ވެސް ހައްޔަރުކުރި މީހުން މި އަހަރުގެ ތެރޭގައި ހިމެނެއެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީ ވެރިކަމުގެ 3 އަހަރާއި މި 3 އަހަރުގެ ވެރިކަމުގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދުތައް ދައްކާ ގޮތުން، މި ވެރިކަމުގައި ކުރީގެ ވެރިކަމަށް ވުރެ 3 އަހަރު ތެރޭގައި ހައްޔަރުކުރި އަދަދު އިތުރު ވަނީ 40 ނަންބަރުންނެވެ. އެއީ ކުރިން ފާހަގަކުރި ގޮތަށް ކޮވިޑްގެ ތެރޭގައި އޮތް ނުރައްކާތެރި ހާލަތާއެކު އިތުރުވި އަދަދުތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މުޒާހަރާތަކުން ހައްޔަރުކޮށް ތަހުގީގަށް ބަންދު ކުރެވުނު މީހުންގެ ނިސްބަތަށް ބަލާއިރު، ނިމިގެންދިޔަ 5 އަހަރުގެ ވެރިކަމުގެ ތެރޭގައި ޖުމްލަ 326 މީހުން ހައްޔަރުކޮށްފައިވެއެވެ. 3 އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް މި އަދަދު 282ގައި ވަނީ ރިކޯޑްކޮށްފައެވެ. މީގެ ތެރެއިން 2014 ވަނަ އަހަރު 8 މީހަކު ތަހުގީގަށް ބަންދުކުރިއިރު، 2015 ވަނަ އަހަރު 257 މީހަކު ތަހުގީގަށް ބަންދުކުރިއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި މުޒާހަރާކޮށްގެން މިހާގިނަ އަދަދަކަށް ތަހުގީގަށް މީހުން ބަންދުކުރެވުނު އަހަރެވެ.

މީގެ ކުރިން މުޒާހަރާގެ ތެރެއިން މިހާ ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރީ އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމާގުޅިގެން، އެއިރު އުފެދުނު ސިޔާސީ ނުތަވަނަވަސްކަމުގެ ތެރެއިންނެވެ.

2017 ވަނަ އަހަރު 1 އަދި 2018 ވަނަ އަހަރު 43 މީހުން ތަހުގީގަށް ބަންދުކުރެވުނެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2019 ވަނަ އަހަރު ތަހުގީގަށް ބަންދު ކުރީ 2 މީހުންނެވެ. 2020 ވަނަ އަހަރު 48 މީހުން ތަހުގީގަށް ބަންދުކުރިއިރު 2021 ވަނަ އަހަރު 19 މީހުން، އަދި މި އަހަރު ތަހުގީގަށް 9 މީހުން ބަންދުކޮށްފައިވެއެވެ.

މިއީ 31 މާޗް 2022ގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކެވެ.

އިދިކޮޅު ޕާޓީމުޒާހަރާޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު